އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް ތަކުގެ އޮޑިޓް ކުރުމަށް ބިޑް ހުށަހެޅުން

ލޯކަލް ކައުންސިލްތައް އޮޑިޓް ކުރުމަށް ބިޑް ހުށަހަޅާ އޮޑިޓް ފާމްތަކުގައި ތިރީގައި މިވާ ޝަރުތުތައް ހުންނަންވާނެއެވެ.

  1. އޮޑިޓް ކުރުމަށް  ބިޑް ހުށަހަޅާ ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު (ނަންބަރ: 2012/R-24) ދަށުން ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސް ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް  އޮންނަ މީހެއް ކަމުގައި ވާންވާނެއެވެ. އަދި އެ ޕާޓްނަރަކީ ފާމުގައި "ފުލް-ޓައިމް" މަސައްކަތްކުރާ ފަރާތަކަށް ވާންވާނެއެވެ.
  2. އޮޑިޓް ފާމުގެ ޕާޓްނަރުންގެ ތެރެއިން މަދުވެގެން 1 (އެކެއް) ޕާޓްނަރަކީ ދިވެހި ރައްޔިތެއް ކަމުގައި ވާންވާނެެވެ.   އަދި އެ ޕާޓްނަަރަކީ ޕްރޮފެޝަނަލް އެކައުންޓިންގ ކޮލިފިކޭޝަނެއް އޮތް، މަދުވެގެން 10 އަހަރުގެ އެކްސްޓަރނަލް އޮޑިޓްކުރުމުގެ ތަޖުރިބާ ހުރި ފަރާތަކަށްވާންވާނެއެވެ. އަދި އެ ފަރާތަކީ، ދިވެހި އަދި އިނގެރޭސި ބަހުން ފަރިތަކަމާއެކު ވާހަކަދައްކައި،  ލިޔަންކިޔަން އެނގޭ  ފަރާތަކަށް ވާންވާނެއެވެ.
  3. އޮޑިޓް ކުރުމަށް ބިޑް ހުށަހަޅާ ފާމަކީ، އެ ފާމެއްގައި، އޮޑިޓް ނުވަތަ އެކައުންޓެންސީ މަސައްކަތްކުރާ މަދުވެގެން ދާއިމީ 10  (ދިހައެއް) ދިވެހި މުވައްޒަފުން ތިބި ފާމަކަށް ވާންވާނެއެވެ.  އަދި އެ ފަރާތްތައް ވާންވާނީ، އެ ފަރާތްތަކުން އޮޑިޓް ފާމްގައި ކުރާ މަސައްކަތާ އެކަށޭނެ ފެންވަރުގެ ތަޢުލީމީ ސަނަދެއް އޮތް ފަރާތްތަކަކަށެވެ.
  4. މީގެ އިތުރުން އޮޑިޓްކުރަން ހުށަހަޅާ ފާމަކީ، އެ ފާމެއްގައި ISQC 1-“Quality Controls for Firms that Perform Audits and Reviews of Financial Statements, and Other Assurance and Related Services Engagements” އިމްޕްލިމެންޓް ކޮށްފައިވާ ފާމަކަށް ވާންވާނެއެވެ.  

ނޯޓް: ކައުންސިލްތައް އޮޑިޓް ކުރުމަށް ބިޑް ހުށަހަޅާ ފާމްތަކުގެ ތެރެއިން، މަތީގައި ބަޔާން ކުރެވުނު ޝަރުތުތައް ފުރިހަމަ ނުވާ އޮޑިޓް ފާމުތަކުގެ ބިޑްތައް ބާތިލް ކުރެވޭނެއެވެ.

ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު ތިރީގައިވާ ބައިތައްހިމަނަން ވާނެއެވެ.

ކޮންމެ ފާމެއްވެސް ބިޑްކުރަން ޖެހޭނީ 43 ކައުންސިލެއްގެ އޮޑިޓް ކުރުމަށެވެ. އަދި  ބިޑް ޕްރޮޕޯސަލް ހުށަހަޅާއިރު އެ ޕްރޮޕޯސަލްގައި ތިރީގައިވާ ބައިތައްހިމަނަން ވާނެއެވެ.

  1. ފާމުގެ ކުރު ތަޢާރަފެއް (ބެކްގްރައުންޑް)؛
  2. އޮޑިޓް ޕާރޓްނަރުންގެ ވަނަވަރު (އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި، އޮޑިޓް ކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ހިމަނައިގެން)؛
  3. ފާމުގައި ވަޒީފާ އަދާކުރާ ދާއިމީ މުވައްޒިފުންގެ  ވަނަވަރު (އެ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި، އޮޑިޓް ކުރުމުގެ ތަޖުރިބާއާބެހޭ މަޢުލޫމާތު ހިމަނައިގެން)؛
  4. އޮޑިޓްގެ މަޤުޞަދާއި، އޮޑިޓްކުރެވޭ މިންވަރު (އޮޑިޓް ސްކޯޕް)؛
  5. އޯވަރޯލް އޮޑިޓް ސްޓްރެޓެޖީ ( 43 ކައުންސިލްގެ އޮޑިޓް ކުރުމަށް ރޭވިފައި ނުވަތަ ކަނޑަ އެޅިފައިވާ ގޮތް)؛
  6. އެންގޭޖްމަންޓް މެނޭޖްމެންޓް

 

 i. އޮޑިޓް ޓީމް އެކުލެވިގެންވާ ގޮތް؛

 ii. އޮޑިޓް ޓީމުގެ އޮޑިޓް ޕާޓްނަރ، މެނޭޖަރ އަދި އެހެނިހެން އޮޑިޓް ސްޓާފުން

 iii. އެވްރެޖްކޮށް ކޮންމެ ކައުންސިލަކަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތު (ގަަޑިއިރުން).

 iv. ފަރމް ހަވާލުކުރެވޭ 43 ކައުންސިލްގެ އޮޑިޓް 31 ޑިސެންބަރު  2017ގެ ކުރިން ނިންމަންވާނެއެވެ. އަދި އޮޑިޓް ނިންމުނުކަމުގައި ބެލެވޭނީ، ޑްރާފްޓް އޮޑިޓް ރިޕޯޓް އޮޑިޓަރ ޖެނެރެލް އައްޔަންކުރާ ފަރާތަކާ ލިޔުމުން ޚިއްސާކުރުމުން، އެ ރިޕޯޓް މުރާޖާކުރުމަށްފަހު، އޮޑިޓަރ ޖެނެރަލް އައްޔަންކުރާ ފަރާތުން އިޞްލާހުކުރުމަށް ލަފާދޭ ކަންކަން އިޞްލާހުކޮށް ފައިނަލް އޮޑިޓް ރިޕޯޓް އެ ފަރާތާ ހަވާލުކުރުމުންނެވެ.

 v. ކައުންސިލް އޮޑިޓުގެ ކޮލިޓީ ހިފެހެއްޓުމުގެ އޮނިގަޑު ރޭވިފަައިވާ ގޮތް؛

 vi. މީގެ އިތުރުން،  އޮޑިޓް އެންގޭޖްމަންޓަށް ކުރިއަށް ގެންދާނެ ގޮތާބެހޭ ގޮތުން އެ ފާމަށް ފެންނަ އެހެނިހެން މަޢުލޫމާތް ބިޑް ޕްރޮޕޯސަލްގައިހިމެނިދާނެއެވެ؛

7. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްފައިވާ ކަމުގެ ސެޓްފިކެޓާއި، އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ  އޮޑިޓް ލައިސަންސް ނަންބަރު؛

8. އެޝުއަރެންސްގެ ދާއިރާއިން ކައުންސިލްތަކަށް ޚިދުމަށް ދިނުމުގައި ލިބިފައިވާ ތަޖުރިބާ؛ އަދި

9. އެކައުންޓެންސީ ޚިދުމަތާއި، މެނޭޖްމަންޓް ކޮންސަލްޓެންސީގެ ޚިދުމަތް އެއްވެސް ކައުންސިލަކަށް ދީފައިވާނަމަ، އެ ތަޖުރިބާއެއް؛

ނޯޓް: ބިޑް ޕްރޮޕޯޒަލް އިނގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

މާކްސް ދިނުމުގައި ބަލާނެ މިންގަޑުތައް

އަގު

40%

ތަޖުރިބާ

40%

ފަންނީ ޤާބިލްކަން

10%

މާލީ ޤާބިލްކަން

 މާލީ ޤާބިލްކަން ބެހިގެންވާ ގޮތް

ޕްރޮފިޓެބިލިޓީ

ލިކްއިޑިޓީ

10%

 

5%

5%

 

 

 

ނޯޓް:

  1. ކޮންމެ ފާމަކަށްވެސް ޖުމުލަ 43 ކައުންސިލް އޮޑިޓް ކުރުމަށް ހަވާލު ކުރެވޭނެއެވެ.
  2. މާކްސް ދިނުމުގައި ބަލާ މިންގަޑު ތަކަށް ބެލުމަށް ފަހު އެންމެ މަތިން މާރކްސް ލިބޭ 3 ފާމަކަށް ކައުންސިލްތައް އޮޑިޓް ކުރުމަށް ހަވާލު ކުރެވޭނެއެވެ. އަދި  މި 3 ފާމާއެކު (ކޮންމެ ފާމެއް ވަކިވަކިން) އޮޑިޓަރ ޖެނެރަލްގެ އޮފީހާ ދެމެދު މި ޚިދުމަތް ހޯދުމުގެ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ.
  3. އޮޑިޓް ފީ: ކޮންމެ ކައުންސިލެއްގެ އޮޑިޓްފީ ވާންވާނީ އެންމެ ބޮޑުވެެގެން (ޖީ. އެސް.ޓީ ނުހިމަނައި) -/21,620 ރުފިޔާ  (އެކާވީސް ހާސް ހަ ސަތޭކަ ވިހި ރުފިޔާ) އެވެ. އަދި  ބިޑްކުރާ ފާމުން ބިޑްކުރާ އަގަކީ، މި ފަދަ ޕްރޮފެޝަނަލް ޚިދުމަތެއް ރަނގަޅުފެންވަރެއްގައި، ފޯރުކޮށްދިނުމަށް އެކަށީގެންވާ ވަރަށްވުރެ މާ ކުޑަ އަގެއް ނަމަ، އެ ފަދަ ބިޑްތައް ބާތިލް ކުރެވޭނެއެވެ. މި ގޮތުން، ކައުންސިލްގެ އޮޑިޓަކަށް (ޖީ.އެސް.ޓީ ނުހިމަނައި) -/10,000  ރުފިޔާ (ދިހަ ހާސް ރުފިޔާ) އަށްވުރެ ކުޑަކޮށް ހުށަހަޅާފައިވާ އަގުގެ ބިޑްތައް ބާތިލްކުރެވޭނެއެވެ. އޮޑިޓް ފީ ފިޔަވައި، އޮޑިޓްގައި ހިނގާނެ އެހެން އެއްވެސް ޚަރަދެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނުކުރާނެ ކަމުގައި ދަންނަވަމެވެ. މި ގޮތުން، އޮޑިޓް ކުރުމަށްޓަކައި އޮޑިޓް ފާމުތަކުގެ މުވައްޒަފުން އަތޮޅުތަކަށް ދަތުރުކުރުމާއި، އެ މުވައްޒަފުންގެ ކެއުމާ ހުރުމުގެ ޚަރަދު ފަދަ ޚަރަދުތައް ކުރަންވާނީ އޮޑިޓް ފާމުންނެވެ. އަދި އެއްވެސް ކައުންސިލަކުންވެސް މިފަދަ ޚަރަދުތައް ކުރަން ހަމަޖެހިފައި ނުވާކަމުގައި ދަންނަވަމެވެ.     
  4. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 14 ސެޕްޓެންބަރު 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު  11 ގަޑި ސުން މިނެޓެވެ.
  5. ބިޑް ހުށަހެޅުމުގެ މަޢުލޫމާތު ދިނުން އޮންނާނީ 5 ސެޕްޓެންބަރު 2017 ވާ އަންގާރަ ދުވަހުގެ މެންދުރު 11 ގަޑި ސުން މިނެޓްގައި އޮޑިޓަރ ޖެނެރަަލްގެ އޮފީސް، 1ވަނަ ފަންގިފިލާ، ޣާޒީ ބިލްޑިންގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރު ނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތަ ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. 
24 އޮގަސްޓް 2017
ހޯދާ