ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް 2 އެޑްމިނިސްޓްރޭޓިވް އޮފިސަރުން ހޯދުމަށް ކުރެވުނު އެ ކޯޓުގެ
ނަންބަރު B3MC/2017/02,03 :(01 ޖޫން 2017) އިޢުލާންތައް ބާޠިލުކޮށް އެ މަޤާމުތަކަށް މީހުން ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ. 

ވަޒީފާގެ ފުރުޞަތު

ނަންބަރު:   198A/2017/60

ތާރީޚް:  24 އޮގަސްޓް  2017

 

  1. މަޤާމު

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް 3

 

 ޢަދަދު

 2

ސެކްޝަން: އިދާރީ / ލީގަލް

 

 މަސައްކަތްކުރަންޖެހޭ ތަން

 ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓު

 

 އަސާސީ މުސާރަ

 -/4465 ރުފިޔާ

 

އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %20

- ސަރވިސް އެލަވަންސް: -/1,500

- ލިވިންގ އެލަވަންސް: -/2,550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

1- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން "ސީ" ފާސް ލިބިފައިވުން، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކްހެއް ލިބެމުންދިޔުމާއިއެކު،GS2  ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސައްކަތްތައް

  1. ކޯޓަށް ހުށަހެޅޭ ދަޢުވާގެ ނުވަތަ މައްސަލަތަކުގެ ފޯމް ބަލައިގަތުން.
  2. ކޯޓުން ބަލާ މައްސަލަތަކުގެ ބަޔާންތަކާއި ޝަރީޢަތުގެ ރިޕޯޓް ލިޔުން.
  3. ޝަރީޢަތުގެ މަޖިލީސްގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.
  4. މައްސަލަތަކާއިގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އެނެމެހާ ލިޔެކިޔުންތަކާއި، މެސެޖްތައް ފޮނުވުމާއި މެސެޖްތަކުގެ ޖަވާބު ހޯދައި ފައިލްކުރުން.
  5. މައްސަލަތަކާއި ގުޅިގެން ބަލަންޖެހޭ ރެކޯޑް ސާފުކުރުމުގެ މަސައްކަތްކުރުން
  6. ޙުކުމާއިގުޅިގެން ތަންފީޛްކުރަންޖެހޭ އެނެމެހާ ކަންކަންކުރުމާއި، ކަމާއިބެހޭ ފަރާތްތަކަށް އެންގުން.
  7. ކޯޓުގެ ވަރި ކައިވެނީގެ ދަފްތަރު ބެލެހެއްޓުން.
  8. ވަރި ކައިވެނީގެ ސެޓްފިކެޓް ޙަވާލުކުރުމާއި، ވަރި ކައިވެންޏާއި ބެހޭ އެންމެހައި ތަކެތި ޙަވާލުކުރުމާއި، ޝަރުޢީ އަދި ވަރި ކައިވެނީގެ ރެކޯޑްތައް ބެލެހެއްޓުން.
  9. އެކި ފަރާތްތަކުން އަންގާ ޝަރުޢީ އަދި އިދާރީ ފައިސާ އާއި، އަދި މަރާމާތާ ބެހޭ ކަންކަން އެންގުން.
  10. ކޯޓަށް ހުށަހެޅޭ މައްސަލަތައް ޝެޑިއުލްކޮށް ރެކޯޑްތައް ބެލެހެއްޓުން.
  11. ކޯޓް ހުޅުވާ ލެއްޕުމުގެ މަސައްކަތް ކަނޑައެޅިފައިވާ ޤަވާއިދާ އެއްގޮތަށް ކުރުން.
  12. ފައިސާ އާއިބެހޭ ލިޔެކިޔުންތަކާއި ފޮތްތައް ބެލެހެއްޓުން.
  13. ކޯޓުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ބެލެހެއްޓުން.
  14. ކޯޓުގެ ބޭނުންތަކަށް އަތޮޅު ކޯޓުތަކަށް ކުރަންޖެހޭ ދަތުރުތަށް ކުރުން.
  15. ކޯޓުގެ ތަފާސް ހިސާބު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ޤަވާޢިދުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  16. ފައިސާ ޚަރަދުކުރިގޮތުގެ ރިޕޯޓް ތައްޔާރުކޮށް، ޗެކްކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން.
  17. ކޯޓުގެ ޢިމާރާތާއި ފަރުނީޗަރުތަކާއި އަދި އެންމެހައި ތަކެތި ބެލެހެއްޓުމާއި، ހޯދަންޖެހޭ ތަކެތި ހޯދުމާއި، މަރާމާތުކުރުމާއި، އެތަކެތި ކޯޓުގެ އިންވެންޓްރީގައި ހިމެނުމާއި، ތަކެތީގައި ނަންބަރުޖެހުން.

 

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

2017 ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ  14:30ގެކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ނުވަތަ ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި، ހދ.ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން އަދި މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • ·         މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3006281 / 3006280
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 

މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޙީ ހާލަތެއްގައި ހުރި
  • އިނގިރޭސި ބާހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
  • ކަސްޓަމަރ ކެއަރ، ކަސްޓަމަރ ސަރވިސް ފަދަ ޓްރެއިނިންގތައް ހަދާފައިވާ ފަރާތަކަށްވުން.
  • އޭ-ލެވެލް ނުވަތަ އޯ-ލެވެލް އިގިރޭސިން ފާސްވެފައިވާ ފަރާތްތަކަށްވުން.
  • ދަޢުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.

 

24 އޮގަސްޓް 2017
ހޯދާ