އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މިއޮފީހުން ދޭ ނަމޫނާއާ އެއްގޮތަށް މިއޮފީހުގެ މުވައްޒަފުންގެ ޔުނިފޯމް ފަހައިދޭނޭ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު
(IUL)7-ADMN/1/2017/46    އިޢުލާނާއި ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތްކޮށްދެއްވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް  މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 6 ސެޕްޓެންބަރު 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި 11:00 ގެ ފަހުން މިކަމާއި ގުޅޭ މަޢުލޫމާތު ހޯދުމަށް ޙާޟިރުވާ ފަރާތްތަކަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތައް ހޯލްއަށް ނުވަދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

24 އޮގަސްޓް 2017
ހޯދާ