މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

  މިއިދާރާގެ ނަންބަރު 19 (IUL)/273/273/2017/(3 ޖުލައި 2017) އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް: އެސިސްޓެންޓް މުނިސިޕަލް ސަރވިސް އޮފިސަރ
މަޤާމުގެ ނަންބަރު:  J-275847
ބޭނުންވާ އަދަދު: 1 ( އެކެއް )
މަޤާމުގެ ގިންތި: ވަގުތީ (6މަސް )
މަޤާމުގެ ރޭންކް: ޖީ.އެސް.3
މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
ސެކްޝަން: ކޯޕަރޭޓް އެފެއާޒް ޔުނިޓް
ކޯޕަރޭޓް އެފެއާޒް ޔުނިޓް ށ.ގޮއިދޫ ކައުންސިލްގެ އިދާރާ
ވަޒީފާ އަދާކުރަން ޖެހޭ ތަން: ށ.ގޮއިދޫ ކައުންސިލްގެ އިދާރާ
މުސާރަ: 4,465.00 ރުފިޔާ
ސަރވިސް އެލެވަންސް: މަހަކު 1500.00ރުފިޔާ
އިތުރު ޢިނާޔަތްތައް:
  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ވަޒީފާ އާ ގުޅިގެން ދެވޭ އެހެނިހެން އެލަވަންސް.
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

01 – އައި. ޑީ ކާޑް ހެއްދުމުގެ މަސައްކަތް.               

02 – ހުކުރު ހުއްދަ ހޯދުމާއީ ހުކުރު ހަވާލު ކުރުން.

03 – މިއިދާރާއިން ފޮނުވަންޖެހޭ ސިޓީ ، މެސެޖްތައް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވަންޖެހޭ   ފަރާތްތަކަށް ފޮނުވުން.

04 – މަގުކޮނުމުގެ  ހުއްދައަށް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކުރުން.

05 – ލިޔުން ބޭނުންވާ ފަރާތްތަކަށް ވެރިންގެ ލަފާގެ މަތިން ޖަވާބު ތައްޔާރުކުރުން..

06 – މިއިދާރާއިން ތައްޔާރު ކުރަން ޖެހޭ އިއުލާންތައް ވެރިންގެ ލަފާގެ މަތިން ލިޔެ ތައްޔާރު ކުރުން.

07 – ކައުންސިލުގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން.

08 – ކައުންސިލާއި ހަވާލުވެ ހުންނެވި ވެރިޔެއްގެ ލަފާގެ މަތިން ކައުންސިލު ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު      ކުރުން

09 – ދުވަހުން ދުވަހަށް ކައުންސިލުގެ ނިންމުތައް ހާމަކުރަން ޖެހޭ އުސޫލުން ހާމަކުރުން.

10 – މިއިދާރާގެ ބިޑްކޮމެޓީގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން.

11 – ބިޑް ކޮމެޓީގެ ޗެޔާރ ޕަރސަންގެ ލަފާގެ މަތިން ބިޑްކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު ކުރުން.

12 – މިއިދާރާގެ އެޗް . އާރު ކޮމެޓީގެ ބައްދަލުވުމުގެ ޔައްމިއްޔާތައް ލިޔެ ބެލެހެއްޓުން.

13 – އެޗް އާރު ކޮމެޓީގެ ޗެޔާރ ޕަރސަންގެ ލަފާގެ މަތިން އެޗްއާރު ކޮމެޓީގެ ބައްދަލުވުމުގެ އެޖެންޑާތައް ތައްޔާރު    ކުރުން.

14 – ކައުންސިލުން ރައްޔިތުނާއިއެކު ބާއްވާ ބައްދަލުވުން ތަކުގެ ޔައްޔުމިއްޔާ ލިޔެ ބެލެހެއްޓުން.

15 – ވެރިންގެ ލަފާގެ މަތިން ކައުންސިލުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވަން ޖެހޭ ސަރުކާރުގެ ކަމާބެހޭ  އިދާރާތަކަށް ފޮނުވަންޖެހޭ ތާރީހަށް ފޮނުވުން.

16 – އިތުރުގަޑީގެ  ހާޟިރީ ބެލެހެއްޓުން.

17 – މިސްކިތު ނަމާދުގަޑީގެ ހާޟިރީ ބެލެހެއްޓުން.

18 -  އޮފީސް ހުޅުވާ ލެއްޕުމުގެ ރެކޯޑް ބެލެހެއްޓުން.

19- ނުރަސްމީ ގަޑީގެގައި އޮފީސް ހުޅުވައި ލެއްޕުމުގެ ރެކޯޑް ބެލެހެއްޓުން.

20 - މިއިދާރާއިން ކުރިޔަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ  އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް:

1 އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 ނުވަތަ

2 ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު އޭގެ އިތުރުން ސެކެންޑަރީ  ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި " ދިވެހި " މިމާއްދާއިން ދަށްވެގެން  " ސީ  " ގްރޭޑް ލިބިފައިވުން.  
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: )
  1. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %48)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
    1. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
    2. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ:

    )ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

    (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

    1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
    2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
    3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

    (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

    (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމް މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ސެޕްޓެމްބަރު 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، (އީ-މެއިލް އެޑްރެސް [email protected])  އެވެ. ފެކްސް ނަންބަރަކީ، (އިދާރާގެ ފެކްސް ނަންބަރު 6540043) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  10 ސެޕްޓެމްބަރު 2017 އާއި 14 ސެޕްޓެމްބަރު 2017 އާއި ދެމެދު ށ.ގޮއިދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑއަޅާފައިވާ  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެން ޖެހޭ ޖުމްލަ އިންސަތަ މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ އިންސައްތަ، %30 އަށްވުރެ މަތިވާން ޖެހޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (ފޯނު ނަންބަރު 6540043) ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، (ފެކްސް ނަންބަރު 6540043) އެވެ. އީ-މެއިލް ކުރާނީ (އީ-މެއިލް އެޑްރެސް [email protected]) އަށެވެ.


24 އޮގަސްޓް 2017

24 އޮގަސްޓް 2017
ހޯދާ