ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ޓްރާންސްޕޯޓް އެންޑް މެއިންޓަނަންސް ޑިޕާޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ:
|
-/5,740ރ ( ފަސްހާސް ހަތްސަތޭކަ ސާޅީސް ރުފިޔާ )
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
- ޖީ.ސީ.އީ. އޯލެވެލް ފެންވަރަށް ތަޢުލީމް ޙާޞިލްކޮށްފައިވުމާއިއެކު މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އިދާރީ ދާއިރާއިން ލިބިފައިވުން.
- މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކޮށްގެން މަސައްކަތްކުރަން އިގޭ ފަރާތެއްކަމުގައިވުން.
- މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަރާތެއް ކަމުގައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
ޑިޕާރޓްމަންޓްގެ އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
2017 ސެޕްޓެމްބަރ 05 ދުވަހުގެ 15.00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް، 2017 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު ( ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާއަށް ހޮވޭ ފަރާތަކަށްް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މި ވަޒީފާއަކީ ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.
|
01 ޛުލްހިއްޖާ 1438
23 އޯގަސްޓްް 2017
|