ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ގުދަންކުރުމަށާއި ޞިނާޢީ މަސައްކަތްތަކަށް ކ.ތިލަފުށިން ބިން ކުއްޔަށް ދޫކުރުން

 

އިޢުލާން

ނަމްބަރު: TCL/PROC-TA/2017/019 

ކ.ތިލަފުށީގެ ތިލަފުށި އިންޑަސްޓްރިއަލް ޒޯން (ޓީ.އައި.ޒެޑް) ސަރަހައްދުން ގުދަންކުރުމަށާއި ސިނާއީ މަސައްކަތްތަކަށް ބިންކުއްޔަށްހިފުމަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/017) އާއި ގުޅިގެން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިއާއި ގުޅިގެން ތާރީޚް ތަކަށް ވަނީ ބަދަލުގެނެވިފައެވެ.

 

ތަފްޞީލް

ތަން

ދުވަސް

ތާރީޚް

ގަޑި

ރަޖިސްޓްރީކުރުން

ޓީސީއެލް ހެޑް އޮފީސް

ރަސްމީ ދުވަސް

23 އޮގަސްޓް 2017 އިން 14 ސެޕްޓެމްބަރ 2017 އަށް

09:00 އިން 13:00 އަށް

ބީލަން ފޮތް ދޫކުރަން ފެށުން

ޓީސީއެލް ހެޑް އޮފީސް

ބުދަ

23 އޮގަސްޓް 2017 އިން ފެށިގެން

09:00 އިން ފެށިގެން

ޕްރީ ބިޑް މީޓިންގ

ފަހުން އިޢުލާން ކުރެވޭނެ

އަންގާރަ

19 ސެޕްޓެމްބަރ 2017

13:30 ގައި

ބިޑް ސެކިއުރިޓީ ހުށަހެޅުން

ޓީސީއެލް ހެޑް އޮފީސް

ރަސްމީ ދުވަސް

24 ސެޕްޓެމްބަރ 2017 އިން 08 އޮކްޓޯބަރ 2017 އަށް

09:00 އިން 13:00 އަށް

ބިޑް ހުށަހެޅުން އަދި ބިޑް ހުޅުވުން

ފަހުން އިޢުލާން ކުރެވޭނެ

ބުރާސްފަތި

12 އޮކްޓޯބަރ 2017

13:30 ގައި

 

  • މުޅިން އަލަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 200.00ރ. (ދުއިސައްތަ ރުފިޔާ) ދަށްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
  • ފުރަތަމަ ފަހަރަށް ކުރި އިޢުލާން ނަމްބަރ (TCL/PROC-TA/2017/001) އާއި ގުޅިގެން ރަޖިސްޓްރީ ކުރި ފަރާތްތަކުން ވެސް  އަލުން ރަޖިސްޓްރީކުރައްވަން ވާނެއެވެ.
  • ބީލަން ހުށަހަޅުއްވާ ކޮންމެ ޕްލޮޓަކަށް 5,000.00ރ. (ފަސް ހާސް ރުފިޔާ)ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބަލައިގަނެވޭނެ އެންމެ ފަހު ތާރީޚަކީ 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އެވެ.

 

ނޯޓް: ރެޖިސްޓްރީ ކުރެއްވުމަށާއި ބިޑް ސެކިއުރިޓީ ދެއްކުމަށް ވަޑައިގަންނަވާއިރު ކުންފުންޏެއްނަމަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ އަދި އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑު ކޮޕީ ގެންނަވަންވާނެއެވ.

 ކޮންމެ ފަރާތަކަށްވެސް ރަޖިސްޓްރީ ކުރެއްވޭނީ ގިނަވެގެން 3 (ތިނެއް) ޕްލޮޓަށެވެ.

 

ބީލަން ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދެއްވަންވީ ކަންކަން:  

 

  • ބީލަން ހުށަހަޅުއްވަންވާނީ ކުއްޔަށް ހިފަން އެދިލައްވާ ކޮންމެ ޕްލޮޓަކަށް ވަކިންނެވެ.
  • ބީލަން ހުށަހަޅުއްވާފައިވާ ބިޑް ވެލިޑިޓީގެ މުއްދަތު މަދުވެގެން 120 ދުވަހަށް ވާންވާނެއެވެ.
  • ބީލަން ހުށަހަޅުއްވަންވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
  • މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

 

ބީލަން ހުށަހެޅުއްވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 08 އޮކްޓޯބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ބިޑް ސެކިއުރިޓީ ދައްކަވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ތަނެއް ފަހުން އިޢުލާން ކުރެވޭނެއެވެ.

 

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ މަޢުލޫމާތު ހޯއްދެވުމަށް ތިރީގައިވާ ލިންކްތަކަށް ފިއްތާލައްވާ.         

http://www.tcl.com.mv/v2/wp-content/uploads/2017/07/TA-013-2017-Plot-Details.pdf

http://www.tcl.com.mv/v2/wp-content/uploads/2017/08/Plots-for-lease-Zone-level-maps-tender-2.pdf

 

22 އޮގަސްޓް 2017

30 ޛުލްޤަޢިދާ  1438

 

Fen Building/ 4th floor                                                                                                ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                                                              އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513 Fax: 3307514                                                                                 ފޯން: 3307513،3307515 ފެކްސް: 3307514

22 އޮގަސްޓް 2017
ހޯދާ