މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 މާލެ، ދިވެހިރާއްޖެ

 

                                                                                         އިޢުލާން ނަންބަރު: IUL)MMPRC-HR/1/2017/43) 

                                                        ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  މާކެޓިންގ އެގްޒެކެޓިވް

- މުސާރަ (މަހަކު) : -/6,600 ރުފިޔާ މަހަކު

- ޑެއިލީ އެލަވަންސް (މަހަކު): -/4,400 ރުފިޔާ

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން ޕްރޮމޯޝަން/މާކެޓިންގ

 ބޭނުންވާ އަދަދު: 1

 ޝަރުޠު:

  މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ
  2. މަޤާމާއިގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ނިންމަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
  2. ޙަވާލުކުރެވޭ މާކެޓްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާކެޓިންގ މަސައްކަތްތައް ކުރުން.
  3. ޙަވާލުކުރެވޭ މާކެޓްތަކުގެ ރިޕޯރޓްތައް ނިންމުން.
  4. ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވާ އެޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.
  5. މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި  ނުވަތަ އެހެނިހެންވެސް ގޮތްގޮތުން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުން.
  6. މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ރިޕޯރޓްތައް ތައްޔާރުކުރުން.
  7. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

  ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް. 

 ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 އިތުރު މަޢްލޫމާތު:

  - މިމަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ އެންމެމަތީ މާރކްސް ލިބިފައިވާ 05 ފަރާތަކާއެވެ.

  - މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

  - އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

 ސިޓީ އެޑްރެސް ކުރައްވާނީ:

 - ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

 - މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

21 އޮގަސްޓް 2017މ

21 އޮގަސްޓް 2017
ހޯދާ