ދިވެހިރާއްޖެ
އިޢުލާން
ޤާނޫނު ނަންބަރު 2015/30 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) ގެ 5 ވަނަ މާއްދާގައި، އެއްވެސް ކުޅިވަރެއް ނުވަތަ ޙަރަކާތަކަށް ނިސްބަތްވާ ކްލަބް
ނުވަތަ ޓީމު ނުވަތަ ޖަމްޢިއްޔާއެއް ޤާއިމްކޮށް ހިންގޭނީ އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކުރެވިގެން ކަމަށް ބަޔާންކޮށްފައި ވީ ހިނދު، މި މިނިސްޓްރީގެ
ނަންބަރު: 141-SD/141/2017/42 (2017 ޖުލައި 20) އިޢުލާނުން ވާނީ، 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' ގައިވާ ގޮތުގެ
މަތީން، ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށްޓަކައި، 20 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ އޮފީސް
ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް ހުށައެޅުއްވުމަށް ދެންނެވިފައެވެ.
އެހެންނަމަވެސް، ކުޅިވަރު ކުލަބް ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވުމަށް އިތުރު ފުރުޞަތު ދެއްވުމުގެ ގޮތުން އެޓަރނީޖެނެރަލްގެ އޮފީހުން
ޤާނޫނީ ލަފާދެއްވާފައިވާތީ 20 ނޮވެމްބަރު 2017 ވަނަ ދުވަހުގެ ނިޔަލަށް، ރަޖިސްޓްރީވުމަށް ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފީމެވެ. އަދި މިތާރީޚްގެ ފަހުން، ހުށަހަޅުއްވާ
ކުލަބު ޖަމްޢިއްޔާތައް ރަޖިސްޓްރީކޮށްދެވޭނީ ޖަމްޢިއްޔާތަކުން މިމިނިސްޓްރީއަށް ހުށަހަޅުއްވާފައިވާ ތާރީޚުން ފެށިގެން ކަމުގައި ދެންނެވީމެވެ.
އަދި މިތާރީޚްގެ ފަހުން، ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެގެން މެނުވީ، އެއްވެސް ވާދަވެރި ކުޅިވަރު މުބާރާތެއް އިންތިޒާމްކޮށް ހިންގުމާއި އަދި ވާދަކުރުމުގެ
ފުރުޞަތުވެސް ދެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.
ވީމާ، މި ގަވާއިދުގެ ދަށުން ރަޖިސްޓްރީވުމަށް ހުށައަޅުއްވާފައި ނުވާ ކުޅިވަރު ކުލަބް ޖަމްޢިއްޔާތަކުން، މި ގަވާއިދުގެ ދަށުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި
ރަޖިސްޓަރީކުރުމަށްޓަކައި، 20 ނޮވެންބަރ 2017 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް ހުށައެޅުއްވުމަށް
ދަންނަވަމެވެ. 'ކުޅިވަރު ޖަމްޢިއްޔާތައް ރަޖިސްޓަރީކޮށް ހިންގުމާބެހޭ ގަވާއިދު' އާއި ހުށައަޅަންޖެހޭ ފޯމް މި މިނިސްޓްރީގެ ވެބްސައިޓު (www.youth.gov.mv) އިން
ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
28 ޛުލްޤައިދާ 8143