މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން)
ބޭނުންވާ އަދަދު :15

                                             ނަންބަރު:  IUL)220-HMS/1/2017/70)

ވަޒީފާގެ ފުރުޞަތު

 

މި އޮތޯރިޓީއަށް ތިރީގައިމިވާ މަގާމަށް މުވައްޒަފުން ހޯދަންބޭނުންވެއެވެ.

މަގާމު:

އިންޓަރން (ކޮންޓްރެކްޓް މުވައްޒަފުން)

ބޭނުންވާ ޢަދަދު:

15

މަސައްކަތުގެ މުއްދަތު:

3 މަސް ދުވަސް

މުސާރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް -/250 ރުފިޔާ

މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްސް ދައްކާ ފަރާތްތައް ރަޖިސްޓަރީކުރުމުގެ މަސައްކަތްތައް ކުރުމާއި، ޓެކްސް ރިޓަރންތައް ޗެކުކޮށް ޕްރޮސެސްކުރުން.

- ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާބެހޭ މަޢުލޫމާތު ފޯރުވައިދިނުން.

- ޓެކްސް ދައްކަންޖެހޭ އެންމެހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބު ކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތްތައް ކުރުން.

ޝަރުޠު:

-          އޭ ލެވެލް ފެންވަރު ހުރުން (އޭ ލެވެލް ނަތީޖާ ލިބިފައި ނުވާނަމަ އޭ.އެސް ގެ ނަތީޖާ ހުށައަޅަންވާނެއެވެ)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

- މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު ހުރުން.

-  މައިކްރޯސޮފްޓް އޮފީސް ބޭނުންކުރުމުގެ ހުނަރު ހުރުން.

-  ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން.

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވާ އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.

 

މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ކަރިކިއުލަމް ވިޓާ (ސީވީ).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 

ނޯޓް:

- މަތީގައިވާ މަގާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަގާމުތަކަށް ހޮވޭ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ރަނގަޅު މުވައްޒަފުން ކޮންޓްރެކްޓްގެ މުއްދަތުގައި ނުވަތަ ކޮންޓްރެކްޓް މުއްދަތު ނިމުމަށްފަހު މީރާގެ ދާއިމީ ވަޒީފާތަކަށް ހަމަޖެއްސުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.

 

މި މަގާމުތަކަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 އޮގަސްޓު 2017 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށައެޅުއްވުން އެދެމެވެ. ފޯމު މިއޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

                                        28 ޛުލްޤަޢިދާ 1438

                                        20 އޮގަސްޓު 2017  

20 އޮގަސްޓް 2017
ހޯދާ