ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށު ޖެޓީ ސަރަޙައްދުގައި ގައު އެތުރުމަށް ބޭނުންވާ ތަކެތި މާލެއިން ބާރަށަށް ގެނެސްދޭނެ ފަރާތެއް ހޯދުމަށް

ހއ.ބާރަށު ޖެޓީ ސަރަޙައްދުގައި ގައު އެތުރުމަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މާލެއިން ހއ.ބާރަށަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ގެނައުމަށް ބޭނުންވާ ތަކެތި (ލޯޑިންގް އަދި އަންލޯޑިންގް ހިމެނޭގޮތައް)

  1. 50’000 ގައު (ޕޭމަންޓް ގައު)
  2. 30 ކޮތަޅު ސިމެންތި
  3. 60 ކޮތަޅު ހިލަވެލި
  4. 90 ކޮތަޅު ހިލަ
  5. 01 ކޮމްޕެކްޓަރ

             ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަނަންވާ ތާރީޙަށް ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޙަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާނީ

24 އޯގަސްޓް 2017 (ބުރާސްފަތި) ދުވަހުގެ 13:00އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާނީ

27 އޯގަސްޓް 2017 (އާދީއްތަ) ދުވަހުގެ 13:00 އަށް

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި މައުލޫމާތު ސާފުކުރަން ޙާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

                           އަދި މިއިދާރާއިން ކުރި ނަމްބަރު (IUL)257/257/2017/38 (09 އޯގަސްޓް 2017) އިޢުލާންއާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެ އިޢުލާންވަނީ ބާޠިލްކުރެވިފައެވެ.

              ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާއި އިޢުލާން ކުރީމެވެ.

               25 ޛުލްޤައިދާ 1438

                17 އޯގަސްޓް 2017

17 އޮގަސްޓް 2017
ހޯދާ