ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެގްޒެކެޓިވް މެނޭޖަރ، އޮޕަރޭޝަންސް ޑިޕާޓްމަންޓް

                      ވަޒީފާގެ ފުރުޞަތު                

ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ

                                                ނަންބަރު: TCL-HR/IUL/17/14    

ވަޒީފާގެ ފުރުޞަތު   

މަޤާމު:  އެގްޒެކެޓިވް މެނޭޖަރ، އޮޕަރޭޝަންސް ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ: ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

ވަޒީފާއަދާކުރަން ޖެހޭ ތަން:  ތިލަފުށި ކޯޕަރޭޝަން، ތިލަފުށި އޮފީސް

އޮފީސް: ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް

ސެކްޝަން:  ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް/ އޮޕަރޭޝަންސް

މަޤާމުގެ ގިންތި:   ދާއިމީ

މަޤާމުގެ ޝަރުޠު:

1. މަޤާމާއި ގުޅޭދާއިރާއަކުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާ ހާސިލް ކޮށްފައިވުން ނުވަތަ މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.

2. ދިވެހި އަދި އިނގިރޭސި ބަހުން ހަރުދަނާކޮށް މުޢާމަލާތުކުރަން އެނގުން.

3. ސަރުކާރުގެ އިދާރާތަކަށް އަހުލުވެރި ފަރާތެއްކަމުގައިވުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ މީހަކު ކަމުގައިވުން.

5. މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

6. ތިލަފުށީގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1. ހެޑް އޮފީހުން އަންގާ ގޮތުގެ މަތިން ތިލަފުށީގެ އޮޕަރޭޝަންތައް ހިންގުން.

2. ތިލަފުށީގައި މަސައްކަތްކުރާ ޓީ.ސީ.އެލް ގެ މުވައްޒަފުންގެ މަސައްކަތްތައް މޮނީޓަރ ކުރުމާއި ވިލަރެސް ކުރުން.

3. ކުންފުނިން ތިލަފުށީގައި ގާއިމު ކުރުމަށް ކަނޑައަޅާ ޚިދުމަތްތައް ގާއިމުކޮށް، ކަނޑައަޅާ ސްޓޭންޑަރޑް އެއްގެ ތެރޭގައި ހިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުން.

4. ޓީ.ސީ.އެލްގެ އޮޕަރޭޝަންތަކާއި ގުޅިގެން އުފެދޭ ހުރިހާމައްސަލަތަކެއް ހައްލުކުރުން.

5. ތިލަފުށީގައި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރެވިފައިވާ ފަރާތްތައް ކުންފުނިން ހަމަޖައްސާފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމަލު ކުރޭތޯ ބެލުން.

6. ތިލަފުށީގެ އޮޕަރޭޝަންތަކާ ބެހޭ އެންމެހައި މައުލޫމާތު ސިސްޓަމެޓިކް ގޮތަކަށް ހެޑް އޮފީހަށް ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުން.

7. ހެޑް އޮފީހުން އަންގާ އެންގުންތައް ތިލަފުށީގައި ތަންފީޒު ކުރުމާއި ރިޕޯރޓްތައް ތައްޔާރުކުރުން.

8. ތިލަފުށީގައި ދުވަހުން ދުވަހަށް ހިނގާ ހުރިހާ މަސައްކަތްތައް ޖަރނަލައިޒް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ:އިތުރު ގަޑީގައި މަސައްކަތް ކުރާނަމަ ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • އެޓެންޑަންސް އެލަވަންސް އާއި ފުޑް އެލަވަންސް ކޯޕަރޭޝަންގެ ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ލިބޭނެއެވެ.
 

އެޕްލިކޭޝަން ފޮނުވަންވީ އެންމެ ފަހު ތާރީޚް:

27 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔުންތަކާއިއެކު ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް، 4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، އަށް ހުށައެޅުއްވުން އެދެމެވެ.
އީމެއިލް އިން ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު. ( އެޕްލިކޭޝަން ފޯމު ޓީ.ސީ.އެލްގެ މައި އޮފީހުން ލިބެން ހުންނާނެ )

  1. 2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރިޑެޓްކޮށް އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެއަސްލު)
  2. 3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށްޓަކައި، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. 4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. 5.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ)
  5. 6. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ.

އިންޓަރވިއު ކުރުން:

  • މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއު ކުރެވޭނީ މަޤާމުގެ އަސާސީ ޝަރުޠު ފުރިހަމަވާ ފަރާތްތަކާއެވެ.
  • އިންޓަރވިއު އަށް ހާޒިރުވާންޖެހޭ ތާރީޚާއި ގަޑި އިންޓަރވިއުއަށް ހޮވޭ ފަރާތްތަކަށް 24 ގަޑިއިރު ކުރިން މި ކޯޕަރޭޝަންއިން އަންގަމުން ގެންދާނެއެވެ.
  • މި މަގާމަށް މުވައްޒަފުން ހޮވުމުގައި މަގާމުގެ ސަރުތުތަކުގެ އިތުރުން އިންޓަރވިއުގައި ކުރެވޭ ސުވާލުތަކަށްވެސް ދެވޭ ޖަވާބުތަކަށް ރިޔާއަތް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

    މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3307513 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3307514 އެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ހުށަހަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތައް ބަލައިނުގަނެވޭނެއެވެ.

 20 އޯގަސްޓް 2017

20 އޮގަސްޓް 2017
ހޯދާ