މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަގާމުގެ ނަން

މަޤާމު:

އިމިގްރޭޝަން އޮފިސަރ ޓްރެއިނީ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން:

 CS2/ އިމިގްރޭޝަން އޮފިސަރުން

ބޭނުންވާ އަދަދު:

11

މުސާރަ:

-/6500ރ

ސަރވިސް އެލަވަންސް:

1500/-ރ

ސްޕެޝަލް ސަރވިސް އެލަވަންސް

މުސާރައިގެ %35 (ވަޒީފާ ދާއިމީ ވުމުން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލެ ސަރަޙައްދުގެ އިމިގްރޭޝަން އޮފީސް ތަކުގައި ދައުރުވާ ގޮތަށް (އިމިގްރޭޝަން އިން އެވަގުތެއްގައި ކަނޑައަޅާ ސެކްޝަނެއްގައި)

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

 

  • ރާއްޖޭގެ ބަނދަރުތަކުން އެތެރެވެ ބޭރުވާ ފަރާތްތަކަށް އިމިގްރޭޝަން ކްލިއަރެންސް ދިނުން
  • އިމިގްރޭޝަން ކްލިއަރެންސް ދިނުމަށް ކަނޑު ބޯޓްފަހަރުތަކަށް ދިއުން
  • ބިދޭސީން ރާއްޖޭގައި ތިބުމަށް އެކިއެކި ވީޒާ ދޫކުރުމުގެ އެޑްމިސްޓްރޭޓިވް މަސައްކަތްތައްކުރުން
  • ދިވެހިރަތްޔިތުންނަށް ޕާސްޕޯރޓް އަދި ޓްރެވަލް ޑޮކިއުމަންޓްގެ ޚިދުމަތްދިނުމުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްކުރުން
  • އެއަރޕޯރޓްތަކުގައި އަދި ހެޑްއޮފީހުގައި ކައުންޓަރ މަސައްކަތްކުރުން އެހެނިހެން އިދާރީ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުމާއެކު، ސާނަވީ އިމްތިޙާނު 4 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • އުމުރުން 25  އަހަރު ( އިޢުލާން މުއްދަތު ހަމަވާއިރު ) ފުރިފައިނުވުން.

އިމިގްރޭޝަން އޮފިސަރެއްގެ ވަޒީފާ އަދާކޮށް އުޅުމުގެ ޖިސްމާނީ، ނަފްސާނީ އަދި ސިއްޚީ ޤާބިލްކަން ލިބިފައިވުން ( އިންޓަވިއުއިން ފާސްވެ ވަޒީފާ ހަމަޖެއްސުމަށް ފޮނުވުމުގެ ކުރީން މެޑިކަލް ޗެކަޕް ހައްދަންވާނެއެވެ.)

ނޯޓް: މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް މާރކްސް ދިނުމުގައި، އަސާސީ ޝަރުތުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރަށްވުރެ މަތީގެ ސެޓްފިކެޓް ހުށަހެޅި ކަމުގައިވިޔަސް މާރކްސް ދިނުމުގައި ބަލާނީ އަސާސީ ޝަރުތަށް އެކަންޏެވެ. މި މިމަޤާމަށް މަސައްކަތު ތަޖުރިބާ މިބައި ހިމަނާފައިނުވާނެއެވެ.

މިމަޤާމަށް ހޮވާ މުވައްޒަފުން ހޮވޭނީ ކޮންޓްރެކްޓް އުސޫލުން މަދުވެގެން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށެވެ. ކޮންޓްރެކްޓްގެ މުއްދަތުގައި ބޭސިކް ޓްރޭނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކުގެ ވަޒީފާ ދާއިމީ ކޮށްދެވޭނެއެވެ. އަދި ދާއިމީ ކުރާއިރު ވަޒީފާ ހަމަޖެއްސި ތާރީޚު ކަމުގައި ބަލާނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ ހަމަޖެއްސި ތާރީޚަށެވެ.އަދި 6 މަސް ދުވަހުގެ ޓްރޭނިންގް ނިންމުމަށްފަހު ދާއިމީ މަޤާމަށް ބަދަލު ކުރެވޭ އިރު މުވައްޒަފުންގެ މަޤާމަށާއި މުސާރައަށް ބަދަލު އަންނާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންކަން

  • ކަނޑުދަތުރުކުރެވޭ އަދި ފަތަން ދަންނަ ފަރާތަކަށްވުން
  • އަތޮޅުތަކުގައި ހެދިފައިވާ އިމިގްރޭޝަން އޮފީސްތަކުގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން
  • ކަނޑުބޯޓު ފަހަރަށް އަރާ ފޭބޭ ފަރާތެއްކަމުގައިވުން
  • ސިއްޙީ ގޮތުން މިފަދަ މަސައްކަތެއް ކުރެވޭނެ ފަރާތަކަށްވުން (އިންޓަވިއުއިން ފާސްވެ

ވަޒީފާ ހަވާލުކުރުމުގެ ކުރިން މެޑިކަލް ޗެކަޕެއް ހަދަން ޖެހޭނެއެވެ)

  • ޔުނީފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތްކުރެވޭ ފަރާތަކަށްވުން

އިންޓަރވިއު ކުރުމަށް ކަނޑައަޅާފައިވާ ތަން އަދި މުއްދަތު

މިމަޤާމަށް މުވައްޒަފުން ހޮވުމަށް ބޭއްވޭ އިންޓަވިއު 17 ސެޕްޓެމްބަރ އިން 28 ސެޕްޓެމްބަރ 2017 އާއި ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އަދި އިމްތިހާން ކުރުން ކުރިއަށް ގެންދަވާނީ މިއިދާރާއިން އިން ކަނޑައަޅާ (މަދުވެގެން 3) މެންބަރުންގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.

ސުންގަޑި

30 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14.00 ގެ ކުރިން

 މޯލްޑިވްސް އިމިގްރޭޝަން އަށް (ހ. ވެލާނާގެ / 1ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އިމިގްރޭޝަން އޮފިސަރ ޓްރޭނީ މަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިއޮފީހުގެ ވެބްސައިޓުން www.immigration.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. އިމިގްރޭޝަން އޮފިސަރ ޓްރޭނީގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، މުއްދަތު ހަމަނުވާ ،ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)
  5. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް  އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  6. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

ސްކްރީނިން

  • އިޢުލާންގައި ހުށަޖަޅަންޖެހޭ ލިޔުންތައް މިބައިގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާފައިވޭތޯ ބެލުން
  • އިޢުލާން މުއްދަތު ހަމަވާ ތާރީހަށް އުމުރުން 25 އަހަރު ވެފައި ނުވުން.
  • މަޤާމުގެ އަސާސީ ޝަރުތައްވާ ތަޢުލީމީ ފެންވަރު ހަމަވުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ހަމައަށް ހުށަހަޅާފައިވުން. (އެޕްލިކޭޝަން ފޯމް، ވަނަވަރު، ތަޢުލީމީ ސެޓްފިކެޓްތަކާއި އިޢުލާނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަމާގުޅޭ މުހިއްމު ލިޔެކިޔުންތައް)
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން މަޤާމަށް އެދި ހުށަހަޅާފައިވުން.

އިންޓަވިއު ކުރުން

 

ޝޯޓް ލިސްޓް ކުރުން ގެންދާނީ 3 މަރުހަލާއަކަށް ބަހާލެވިގެންނެވެ.

ފުރަތަމަ މަރުހަލާ : އަސާސީ ޝަރުތުގައި ބަޔާންކޮށްފައިވާ ސެޓްފިކެޓްތަކަށް މަރކްސް ދިނުން

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 100 އަށްވުރެ ގިނަނަމަ، އިންޓަވިޔު ކުރެވޭނީ ތަޢުލީމީ ފެންވަރަށް ބަލައިގެން ޝޯޓްލިސްޓް ކުރެވޭ 100 ފަރާތާއެވެ.

ދެވަނަ މަރުހަލާ : ޕްރިލިމިނަރީ އިންޓަވިއު

މި އިންޓަވިއުގައި އަސާސީ ޝަރުތު ހަމަވެފައިވާ ފަރާތަށް މޯލްޑިވްސް އިމިގްރޭޝަންގެ މަސައްކަތްތަކާއިި ގުޅޭ އާންމު މަޢުލޫމާތު އަދި އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކަށް ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އަހުލުވެރިވެފައިވާ މިންވަރު ބެލުމަށް ދެވޭ އިމްތިހާން އަދި ސައިކޯމެޓްރިކް ޓެސްޓް ދެވޭނެއެވެ. (މިއިދާރާގެ  މަސައްކަތްތަކާއި އަދި އިމިގްރޭޝަންގެ ޤާނޫނާއި ޤަވާއިދުތަކުގެ މަޢުލޫމާތު މި އިދާރާ ގެ ވެބްސައިޓް www.immigration.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ތިންވަނަ މަރުހަލާ : ފައިނަލް އިންޓަވިއު

ފައިނަލް އިންޓަވިއުއަށް ހޮވޭނީ ޕްރިލިމިނަރީ އިންޓްވިއު އިން އެންމެ މަތިން މާރކްސް ލިބޭ، އިއްލާން ކުރި އަދަދުގެ ތިން ގުނަ އަދަދަށެވެ.މި އިންޓަވިއުގައި ލޯ އެންފޯސްމަންޓާއި އިމިގްރޭޝަން އާއި ގުޅުން ހުރި ދާއިރާތަކުން ހޯދައިފައިވާ ސެޓްފިކެޓް ތަކަށާއި ކުރު މުއްދަތުގެ ތަމްރީން ތަކަށް މާރކްސް ދެވޭނެއެވެ.ވަޒީފާ އަށް ހޮވޭނީ ފައިނަލް އިންޓަވިއުއިން މަދުވެގެން %45 (ސާޅިސް ފަހެއް) އިން ސައްތަ ލިބޭ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު:

މިއޮފީހުގެ 3330410 އަދި 3330411 ނަންބަރު ފޯނުން މައުލޫމާތު ސާފުވާނެއެވެ.

 

 

 

17 އޮގަސްޓް 2017
ހޯދާ