މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ IUL)447-PR/1/2017/55) ނަންބަރު އިޢުލާންއާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.

ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް 10 ސީބީއެމްގެ ރެޑްމެރަންޓީ ގަންނަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ނުވަތަ ބީ.ޕީ.ޓީ ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ.

ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.

އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:

ހ- އަގު (އަގު ހުށަހަޅުއްވަންވާނީ ކޮންމެ އައިޓަމެއްގެ އަގު ވަކިން ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.)

ށ- ސަޕްލައިކޮށްދެވޭނެ މުއްދަތު (ބަންދު ދުވަސްތަކާއި އެކު).

 

އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތް:

ހ- އަގު = 60 ޕޮއިންޓް {(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 60}

ށ- މުއްދަތު = 35 ޕޮއިންޓް {(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) 35}

ނ- މަސައްކަތުގެ ތަޖުރިބާ = 5 ޕޮއިންޓް (ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ ލިޔުމުގެ ކޮޕީ)

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 1.5 ޕޮއިންޓް

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 3 ޕޮއިންޓް

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 5 ޕޮއިންޓް

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 23 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ތަކެއްޗާއި ބެހޭ މަޢުލޫމާތު ޝީޓް ރަސްމީ ގަޑީގައި މި ސަރވިސަސްގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތު ފުރިހަމަނުކޮށް އަދި ހުށަހަޅަންޖެހޭ ލިޔުންތަށް ފުރިހަމަ ނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 23 އޯގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

25 ޛުލްޤައިދާ 1438 

       17 އޯގަސްޓް 2017        

17 އޮގަސްޓް 2017
ހޯދާ