މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް)

މަގާމު

ޑިރެކްޓަރ ޖެނެރަލް

މަގާމުގެ ނަންބަރު

J-285688

ބޭނުންވާ ޢަދަދު

1 (އެކެއް)

މަގާމުގެ ގިންތި

ދާއިމީ

މަގާމުގެ ރޭންކް

އީ.އެކްސް- 5

މަގާމުގެ ކްލެސިފިކޭޝަން

ޑިރެކްޓަރ ޖެނެރަލް

ސެކްޝަން

އެޑްމިނިސްޓްރޭޓިވް ޑިވިޜަން

އޮފީސް

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ

13,890.00 ރުފިޔާ

ސަރވިސް އެލަވަންސް

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

1-       އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ  ގޮތުގައި މުސާރައިގެ %35.

2-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަގާމުގެ ޝަރުތުތައް.

  1. ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  2. ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3.  ހިއުމަންރިސޯސް މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ޕަބްލިކް އެޑްމިނިސްޓްރޭޝަން/ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

  1. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ އިދާރީ ކަންތައްތަކާއި މާލީ ކަންތައްތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ހިންގާ ބެލެހެއްޓުން.
  2. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ބަޖެޓްގެ މަސްއޫލިއްޔަތު ޒިންމާދާރުކަމާއެކު އަދާކުރުމުގެ އިންތިޒާމު ހަމަޖައްސައި ހިންގުން.
  3. މުވައްޒަފުންނާގުޅުންހުރި އެންމެހާ ކަންތައްތައް ގާނޫނާއި ގަވާއިދުތަކާއެއްގޮތަށް ހިންގާ ބެލެހެއްޓުން.
  4. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މާލީ ހިސާބު ހެދުމާއި، އަހަރީ އާމްދަނީ ރިޕޯޓް/ބަޖެޓް ރިޕޯޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ފޮނުވުން.

މަގާމު:

ޕްރޮކިއުމަންޓް އޮފިސަރ

މަގާމުގެ ނަންބަރު:

J-273122

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-1

މަގާމުގެ ކްލެސިފިކޭޝަން:

ސީނިއަރ  އޮފިސަރ ގްރޭޑް 2

ސެކްޝަން:

ލޮޖިސްޓިކް އެންޑް ޓެކްނިކަލް މެނޭޖްމަންޓް ސެކްޝަން

އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

5,610.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް

1-       އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

2-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

4-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަގާމުގެ ޝަރުތުތައް

1- ބަޖެޓް އެންޑް ފައިނޭންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ބަޖެޓް  އެންޑް  ފައިނޭންސް ދާއިރާއެއްގައި  2  އަހަރުދުވަހުގެ  މަސައްކަތުގެ  ތަޖުރިބާ  ލިބިފައިވުން. ނުވަތަ،

2- ބަޖެޓް  އެންޑް  ފައިނޭންސްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

3- ބަޖެޓް  އެންޑް  ފައިނޭންސްގެ  ދާއިރާއަކުން  ދިވެހިރާއްޖޭގެ  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ  ލެވެލް  4  ގެ  ސަނަދެއް  ހާސިލުކޮށްފައިވުމާއެކު،  ބަޖެޓް  އެންޑް ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

1، އޮފީހަށް ބޭނުންވާ މުދާ ހޯދަން އެދުމުން، އެތަކެތި ހޯދުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

2. ކޮންޓްރެކްޓްތައް  ހަވާލުކޮށްފައިވާ  ފަރާތްތަކާ  ކޮންޓެކްޓްކޮށް،  މަސައްކަތް  ކުރިއަށްދާގޮތް ބެލުމާއި، އެ މަސައްކަތްތައް ކުރިއަށްގެންދަނީ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބެލުމާއި، މަސައްކަތް ނިމުމުން، ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށް ގެންދިއުން.

3. މުދާ ގަންނައިރު، މުހިންމު އެއްޗިއްސަށް ސަމާލުކަންދީ، ފައިނޭންސް ސެކްޝަނާ ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދިއުމާއި، މުދާ ލިބެމުންދާވަރަކަށް ޕީ.އޯ ރަޖިސްޓްރީއަށް އަޅައި އަޕްޑޭޓްކުރުމާއި، އިންވޮއިސް ލިބުމުން، އެ އިންވޮއިސްތައް ލަސްނުކޮށް ފައިނޭންސް ސެކްޝަނާ ހަވާލުކުރުން.

މަގާމު:

ހިއުމަންރިސޯސް އޮފިސަރ

މަގާމުގެ ނަންބަރު:

J-285685

ބޭނުންވާ ޢަދަދު:

1 (އެކެއް)

ގިންތި:

ދާއިމީ

މަގާމުގެ ރޭންކް:

އެމް.އެސް-2

މަގާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޑްމިން އެންޑް އެޗް.އާރު ސެކްޝަން

އޮފީސް:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

ވަޒީފާއަދާކުރަންޖެހޭ ތަން:

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް/ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް

މުސާރަ:

6,295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2,000.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1-       އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެގޮތުގައި މުސާރައިގެ %35.

2-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

4-       ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަގާމުގެ ޝަރުތުތައް:

1- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

2- ހިއުމަން ރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،

3- ހިއުމަންރިސޯސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

4- ހިއުމަންރިސޯސް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިއުމަންރިސޯސްއާއި ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1. ސިވިލް ސަރވިސްގެ ގަވާއިދާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ހާއްސަ ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވައި، މަޢުލޫމާތު ސާފުކޮށްދިނުން.

2. ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއިއެއްގޮތަށް މުވައްޒަފުން ސަލާމް ބުނުމުގެ ކަންތައް ބެލެހެއްޓުމާއި ގަވާއިދާޚިލާފުވާ މައްސަލަތައް ހައްލުކުރުމަށް މުވައްޒަފުންނަށް މަޝްވަރާދީ އެފަދަ މައްސަލަތައް އިސްލާހުކުރުން.

3. އަޚްލާގީ މައްސަލަތަކާގުޅިގެން މުވައްޒަފުންނަށް އަޅަންޖެހޭ ކުށުގެ ދަރަޖައިގެ ފިޔަވަޅުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން.

4. އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓްފަދަ ލިޔުންތައްލިޔެ، ފޮނުވުމާއި ތަރުތީބުން ފައިލްކޮށް ބެލެހެއްޓުން.

5. އަލަށް ވަޒީފާއަށްއެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމާއި، ވިއުގަ ސިސްޓަމް މެދުވެރިކޮށް މުވައްޒަފުންގެ ވަޒީފާއާގުޅޭ މަސައްކަތްތައް ކުރުން.

6. އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ސްޓަކްޗަރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އެ ބަދަލަކާއެއްގޮތަށް ސިސްޓަމްއިން ސްޓަކްޗަރ ފާސްކުރުމަށް ފޮނުވުން.

7. މުވައްޒަފުންގެ ވަޒީފާބަޔާން ތައްޔާރުކުރުމާއި، ވަޒީފާގެ އެއްބަސްވުންތައް ތައްޔާރުކޮށް ނިންމުމާއި، މުވައްޒަފުންގެ އަހަރީޗުއްޓީގެ ކަންތައް ބެލެހެއްޓުން.

8. މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމްގެ ކަންތައްތައް ގަވާއިދުން ބެލެހެއްޓުމާއި، ސެޕް ސިސްޓަމަށް މުވައްޒަފުންގެ ރެކޯޑްތައް އަޕްލޯޑް ކުރުމާއި، މުވައްޒަފުންގެ އެޕްރައިޒަލްގެ ކަންތައް ހިންގާ ބެލެހެއްޓުން.

9. މުވައްޒަފުންގެ ސްޓޭޓަސް ސެޕް ސިސްޓަމަށް އަޕްޑޭޓްކޮށް ލޯން އެޅުމާއި، އަހަރީ ރިޕޯޓް ތައްޔާރުކުރުމާއި، މުވައްޒަފުންގެ ރިޓަޔަރމަންޓް ސްކީމް ކަނޑައަޅާފައިވާ އުސޫލުތަކާއެއްގޮތަށް ބެލެހެއްޓުމާއި، ހާޒިރީއާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ސްޕަވައިޒަރަށް ހުށަހެޅުން.

10. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

(ކަނޑައަޅާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް އިދާރާއިން މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް)

ޑިރެކްޓަރ ޖެނެރަލް މަގާމު

1- ތަޢުލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %26)

2- އިމްތިޙާން (ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) (ކަނޑައަޅާފައިވާ އިންސައްތަ%5)

3- މަސައްކަތުގެ ތަޖުރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ )

4- ލިބިފައިވާ ހުނަރު (ކަނޑައަޅާފައިވާ އިންސައްތަ %53)

ހިއުމަން ރިސޯސް އޮފިސަރ އަދި ޕްރޮކިއުމަންޓް އޮފިސަރ މަގާމު

1-ތަޢްލީމާއި ތަމްރީނު (ކަނޑައަޅާފައިވާ އިންސައްތަ %38)

2- އިމްތިޙާން (ސިވިލް ސަރވިސްގެ ވަޒީފާއަށްވަނުމަށް ދެވޭ އިމްތިޙާން) (ކަނޑައަޅާފައިވާ އިންސައްތަ %5)

3- މަސައްކަތުގެ ތަޖްރިބާއަށް (ކަނޑައަޅާފައިވާ އިންސައްތަ )

4-ލިބިފައިވާ ހުނަރު (އިންޓަވިއު/ޕްރެކްޓިކަލްސް) (ކަނޑައަޅާފައިވާ އިންސައްތަ %43)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.defence.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮގަސްޓު 30 ވާ ބުދަ ދުވަހުގެ 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން) އޮންނާނެ ތަނާއި މުއްދަތު:

   މި މަގާމުތަކުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް މަގާމުގެ ޕްރެކްޓިކަލްސް އޮންނާނީ 2017 ސެޕްޓެންބަރުމަހުގެ 2 ވަނަ ހަފްތާގައެވެ. އަދި ޕްރެޒެންޓޭޝަންއާއި އިންޓަރވިއު އޮންނާނީ 2017 ސެޕްޓެންބަރު މަހުގެ 3 ވަނަ ހަފްތާގައެވެ.

   ޕްރޮކިއުމަންޓް އޮފިސަރ މަގާމާއި ހިއުމަންރިސޯސް އޮފިސަރ މަގާމުގެ އިންޓަރވިއު އޮންނާނީ 2017 ސެޕްޓެންބަރު މަހުގެ 3 ވަނަ ހަފްތާގައެވެ. ވީމާ، މި ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް އަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 05 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 05 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

   މި މަގާމުތަކުގެ ތެރެއިން ޑިރެކްޓަރ ޖެނެރަލް މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %35 އިން ސައްތަ އެވެ.

   އަދި ހިއުމަން ރިސޯސް އޮފިސަރ އަދި ޕްރޮކިއުމަންޓް އޮފިސަރ މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 އިން ސައްތައަށްވުރެ މަތިވާންވާނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:

މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ ފޯން 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

             24 ޛުލްޤަޢިދާ 1438

16 އޮގަސްޓް 2017
ހޯދާ