ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް

ރަސްމީ ގަޑި:

މެންދުރުފަހުގެ ދަންފަޅި

މުސާރަ:

މަހަކު 5,956/80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552/92 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިއު.އޭ ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  2. އެމް.ކިއު.އޭ ލެވެލް 4 ގެ ސެޓުފިކެޓަކަށްފަހު،  މަސައްކަތާ ގުޅޭ ދާއިރާއިން  2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ؛
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރުދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ސްޕައިން ޕޮއިންޓް 18) ގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރ

 (ސްޕައިން ޕޮއިންޓް 10) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ ފައުންޑޭޝަން ސްޓަޑީޒް

ރަސްމީ ގަޑި:

މެންދުރުފަހުގެ ދަންފަޅި

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

އިނާޔްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

 

  1. ގްރޭޑް 12 ނިންމާފައިވުން. ނުވަތަ،
  2. 10 ނިންމާފައި މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ  ހޯދާފައިވުން. ނުވަތަ،
  3. މަސައްކަތުގެ ދާއިރާއިން ސެޓްފިކެޓް ލެވެލް 1 ނުވަތަ 2 ގެ ސަނަދެއް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ފައުންޑޭޝަން ކޯހުގެ ދަރިވަރުންގެ ރެޖިސްޓަރީ ތައްޔާރުކުރުމާއި، ބެލެހެއްޓުމާއި، ޙަވާލު ކުރަންޖެހޭ ފަރާތްތަކާއި ޙަޥާލުކުރުން.
  2. ޓެކްސްޓް ފޮތާއި، ކިޔަވައިދިނުމަށް ބޭނުންވާ އެހެނިހެން ތަކެތި މުދައްރިސުންނަށް ސްޓޮކުން ނަގައިދިނުމާއި، އަނބުރާ ގެންނަންޖެހޭފަދަ ތަކެތި ޙަވާލު ކުރުމާއި އެތަކެތި އަނބުރާ ހޯދުން.
  3. ދަރިވަރުންގެ މާރކްސްތަކާއި އެހެނިހެން ރިކޯރޑްސް ބެލެހެއްޓުން.
  4. ފައުންޑޭޝަން ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުންގެ ރިކޯރޑް/ޓައިމް ޝީޓްތައް ތައްޔާރުކޮށް، އެތަކެތި ބަލަހައްޓައި، އަދި ހަމަޖެހިފައިވާ އުޞޫލަކުން ފައިސާ ދިނުމަށްޓަކައި ބަޖެޓް ސެކްޝަނަށް ފޮނުވައި ބެލެހެއްޓުން.
  5. ކޯހުގައި ކިޔަވައިދެއްވާ ބޭފުޅުން ދެއްވާ ނޯޓްސް އަދި އެހެނިހެން ތަކެއްޗާއި ޓެސްޓް ޕޭޕަރު ފަދަ ތަކެތި ޓައިޕްކުރުމާއި، ޗާޕްކުރުމާއި، ޓެސްޓް ފަދަ ކަންކަން އިންތިޒާމް ކުރުމާއި ބެލެހެއްޓުން.
  6. ކޯހާއި ބެހޭ މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަށް ފުރިހަމައަށް މަޢުލޫމާތު ދިނުން.
  7. ކޯހާއި ބެހޭ ފޯރމްތައް އަނބުރާ ލިބުމުން ޗެކްކޮށް އަދި ބަލައިގަތުމުގައި އެހީވުމާއި، ބަލައިގަނެވޭ ފޯރމުތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯރމެޓަށް ކޮމްޕިޔުޓަރަށް އެންޓަރ ކުރުމުގައި އެހީވުން.
  8. ސެކްޝަނަށް ލިބޭ ލިޔެކިޔުން ފައިލްކުރުމާއި، ލިބޭ ސިޓީ/ނޯޓް/ފެކްސް އާއި ގުޅޭ ގޮތުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާ ބެހޭ ވެރިޔަކު ވިދާޅުވާ ގޮތަކަށް ތައްޔާރުކުރުމާއި، މި ލިޔެކިޔުންތައް ފޮނުވުމަށް ޑިސްޕެޗާ ޙަޥާލުކުރުން
  9. އަހަރު ރިޕޯރޓަށް ބޭނުންވާ މަޢުލޫމާތު ނެގުމުގައި އެހީތެރިވުން.
  10. ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2017 އޮގަސްޓު 23 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

 

 

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://mnu.edu.mv/wp-content/uploads/2016/10/Job-Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެއޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް(އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

 

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  •  މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  •  މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345131 ނަމްބަރު ފޯނަށެވެ.

 

16 އޮގަސްޓް 2017
ހޯދާ