މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ތުޅާދޫ ބަދަރު ސަަރަޙައްދުގައި ފެރީޓާމިނަލެއް ތަރައްޤީކުރުން

މި އިޢުލާންވަނީ 17 އޮގަސްޓް 2017 14:16 ގައި ބާތިލް ކުރެވިފައެވެ.


ބ.ތުޅާދޫ ބަދަރު ސަަރަޙައްދުގައި ފެރީޓާމިނަލެއް ތަރައްޤީކުރުން.

ބ. ތުޅާދޫ ބަދަރު ސަރަޙައްދުގައި ފެރީޓާމިނަލް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަޙައްދުގައި ޕަބްލިކް ޕްރައިވެޓް ޕާރޓްނަރޝިޕްގެ އުޞޫލުން ފެރީ ޓާމިނަލެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ފެރީޓާމިނަލް ހަދާ ބިމުން 35 އަހަރުގެ މުއްދަތަށް 1500 އަކަފޫޓްގެ ސަރަޙައްދެއް ވިޔަފާރި ކުރުމަށް ކޮންޓްރެކްޓަރަށް ދޫކުރެވޭނެއެވެ. މިބިމުގެ ކުލީގެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 50 ލާރި އެވެ.

ޕޮއިންޓް ދެވޭ އުޞޫލު:-

ހުށަހަޅުއްވާ ކުއްޔަށް - 80 އިންސައްތަ: މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ.

ތަޖްރިބާ - 05 އިންސައްތަ: މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ލިޔުންތަކާއެކު) މަސައްކަތުގެ ތެރެއިން އެންމެ ގިނަ މަސައްކަތްކޮށްފައިވާފަރާތަކީ ބެންޗް މާރކެއްކަމުގައި ބަލައިގެން ހުރިހާ ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % ބަހާލައިގެންނެވެ.

އިންވެސްޓްކުރާމިންވަރު - 15 އިންސައްތަ: މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މަސައްކަތް އެންމެ ގިނައިން CSR ޕްރްގްރާމްތަކަށް ހަރަދުކުރާފަރާތެއް ބެންޗްމާރކްގެ ގޮތުގައި ބަލައިގެން

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 އޮގަސްޓް 30 ވާ ބުދަ ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 ސެޕްޓެބަރ 14  ވާ ބުރާސްފަތި ދުވަހުގެ 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6600006 މިނަންބަރާ ގުޅުއްވުން އެދެމެވެ. އަމިއްލަ ފަރުދެއްނަމަ އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މިއިދާރާގެ މީޓިން ރޫމްގައެވެ.

 

ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

23      ޛުލްޤައިދާ    1438  

15 އޮގަސްޓް 2017
ހޯދާ