ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
Miskithu fendaa bodukurun

c

 

 ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ  އިދާރާ                           

     ހއ. ވަށަފަރު، ދިވެހިރާއްޖެ                                

 

ދީނާ ޤައުމިއްޔަތު – ދިވެހިންގެ ނާރެސް

ނަންބަރ (IUL)250-cb/250/2017/16 :

______________________________________________________________________________             އިޢުލާން

 

ވަށަފަރު މަސްޖިދުލް ހުދާގެ ބޭރުގައި ފެންޑާއެއްލުމާއި ބެހޭ.

 

މި އިދާރާގެ ބެލުމުގެ ދަށުގައިހުރި މަސްޖިދުލް ހުދާގެ ބޭރުގައި ފެންޑާއެއް ލުމަށް ބޭނުންވެއެވެ.   

                  ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި އިދާރާއަށްދުރުވެ، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ލެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިކަމަށްއެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "މަސްޖިދުލް ހުދާގެ ފެންޑާ ހެދުން"މިހެން ލިޔެފައި އޮންނަން ވާނެއެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

އަންދާސީ ހިސާބު ހުށައެޅުމާއި ކެނޑުމުގެ ބައްދަލުވުން

20 އޯގަސްޓް 2017  ގަޑި 13:00

27 އޯގަސްޓް 2017  ގަޑި 13:00

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށާއި ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް އަދި ވިޔަފާރިއެއްކަން އެނގޭނެ ސިޓީއަކާއި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅުއްވަން ވާނެއެވެ. އަމިއްލަ ފަރާތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުއްވުމަށް ޙާޟިރުވެ ލައްވާއިރު އެފަރާތެއްގެ މުއްތަދު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަމިއްލަ ފަރާތަކުން އެބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފު ކުރުމަށާއި ބީލަން ހުށަހެޅުއްވުމަށް، އެހެންބޭފުޅަކު ޙާޟިރުވެލައްވާނަމަ، ޙާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަވަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލް ކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލްކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި އަދި، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެ ނުލައްވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށައަޅުއްވާ އަންދާސީ ހިސާބު، ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާ ގުޅޭގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި 6500039 ފޯނަށް ގުޅުއްވުން އެދެމެވެ.

                  ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

23  ޛުލްޤަޢިދާ  1438ހ

  15  އޮގަސްޓް  2017މ 

 

 

15 އޮގަސްޓް 2017
ހޯދާ