މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
5 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ޗެމްޕިއަންޝިޕް 2017

 

މިއެސޯސިއޭޝަނުން އިންތިޒާމްކޮށްގެން 15 ސެޕްޓެމްބަރ 2017 ގައި ފެށުމަށް ހަމަޖެހިފައިވާ 5 ވަނަ އިންޓަރ ސްކޫލް 3 އޮން 3 ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އެދޭ ސްކޫލްތަކުން 31 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ބައިވެރިވާ އުމުރުފުރާ އެނގޭގޮތަށް ލިޔުމަކުން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. އަދި 7 ސެޕްޓެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޓީމްލިސްޓް ހުށަހެޅުއްވުން އެދެމެވެ.

މިމުބާރާތުގެ ޤަވާއިދާއި ޓީމްލިސްޓް ހުށަހަޅާ ފޯރމްގެ އިތުރުން މުބާރާތާއިބެހޭ މަޢުލާމާތު މިއެސޯސިއޭޝަނުން ލިބިވަޑައިގަންނަވާނެވާހަކަ ދެންނެވީމެވެ.

މިމުބާރާތް ހުޅުވާލެވިފައިވަނީ ތިރީގައި މިދަންނަވާ އުމުރު ފުރާތަކަށެވެ.

 

14 އަހަރުން ދަށް ( އަންހެން / ފިރިހެން )

16 އަހަރުން ދަށް ( އަންހެން / ފިރިހެން )

15 އޮގަސްޓް 2017
ހޯދާ