ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ސަލްޓަންޕާކްގައި ބާއްވާ ރަސްމިއްޔާތުގައި 700 މީހުންނަށް ރޭގަނޑު ފަރިއްކޮޅެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 އޮގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:30 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް 2017 އޮގަސްޓް 13 ވާ އާދީއްތަ ދުވަހުގެ 13:45 އިން ފެށިގެން 2017 އޮގަސްޓް 16 ވާ ބުދަ ދުވަހުގެ 13:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ281 4-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.