މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވޭޖް އެމްޕްލޮއިމަންޓް އުޞޫލުން 1 އަހަރު ދުވަހަށް އިމާމު / މުދިމަކު ހޯދުން:

މަޤާމް:  ވަގުތީ އިމާމު / ވަގުތީ މުދިމު

ބޭނުންވާ އަދަދު: 2 ( ދޭއް )

މަޤާމު އޮތް އޮފީސް: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން: ކ. ހިންމަފުށީ މަސްޖިދުލް އިނާރާ، ކ. ހިންމަފުށީ މަސްޖިދުލް ޛިކްރާ

މަޤާމުގެ މަސްއޫލިއްޔަތުތައް:  އެއްބަސްވުމުގައިވާ ގޮތަށް މިސްކިތްތަކުގެ އިމާމުން / މުދިމުން ޗުއްޓީތަކުގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް ސަބަބަކާހުރެ މިސްކިތަށް ޙާޟިރު ނުވެވޭފަދަ ދުވަސްތަކުގައި މިސްކިތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދު ކުރުމާއި، މަޤާމާގުޅޭ އެހެނިހެން ކަންކަން ކުރުން

މަޤާމު:  މުދިމު

ރޭންކް:  ޖީ އެސް 1

ކްލެސިފިކޭޝަން: އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އިމާމުވެ ނަމާދުކުރަން އެނގޭމީހެއްތޯ ބެލުމާއި އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެއްވާ ފެންވަރުބެލުމުގެ އިމްތިޙާނުން ފާސްވެފައި ވުން، ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން.

މުސާރަ ( މަސައްކަތް ކުރާ ކޮންމެ ގަޑިއެއްގެއިރަށް ):  48.00ރ ( ސާޅީސް އަށްރުފިޔާ )

މަޤާމު:  އިމާމު

ރޭންކް:  ޖީ އެސް 3

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޝަރުޠު: މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތު ކޮށްދިނުމާއެކު، އިމާމު ކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވުން. ނުވަތަ ދީނީ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

މުސާރާ ( މަސައްކަތް ކުރާ ކޮންމެ ގަޑިއެއްގެއިރަށް ):  56.00ރ ( ފަންސާސް ހަރުފިޔާ )

ވަޒީފާއަށް އެންމެޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ އާއި އިންޓަރވިއު އަށް ބެލެވޭނެ އެވެ.

މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން:

މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ކުރުން ބާއްވާނެ ތާރީޚާއި ތަން އިޢުލާނުގެ މުއްދަތު ހަމަވާތަ މަސައްކަތު ފަސް ދުވަހުގެތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިއުންތައް: ވަޒީފާ އަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މިއިދާރާއިން ލިބެންހުންނާނެ އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން ގެ ވެބްސައިޓުން މިފޯމް ޑައުންލޯޑް ކުރެވެންވެސް ހުންނާނެ އެވެ. )

-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ދާއިރާ އާއިގުޅޭ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއެކިއުންތައް.

-  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިއުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ގެ ކޮޕީ )

-   ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައިވާ ސެޓްފިކެޓްތައް ( އެކްރެޑިޓް ކޮށްފައި ނުވިނަމަވެސް )

-    ފުރިހަމަ ކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ.

-    މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތަކުގެ ކޮޕީ.

-    ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ( ކާޑުގައިވާ ލިއުންތައް ރަގަޅަށް އެގޭފަދަ ކޮޕީއެއް )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:  

   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެނިހެން ލިއުންތައް 2017 އޮގަސްޓް 21 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރުގެ ރަސްމީގަޑީގައި ގުޅުއްވާނީ (6642024) ނަންބަރު ފޯނާއެވެ.

އީ މެއިލް ކުރައްވާނީ [email protected])) އަށެވެ.

     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. 

08 އޮގަސްޓް 2017
ހޯދާ