ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޮންސަލްޓެންޓް

މަޤާމް: މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޮންސަލްޓެންޓް  

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

 

ތަޢުލީމާ ތަޖުރިބާ:

 

  1. އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ރޮނގުން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން ނުވަތަ
  2. ޕަވަރ ސިސްޓަމް ޑިޒައިނިންގ ނުވަތަ ބިލްޑިންގ ސަރވިސަސް އާއި ގުޅޭ ދާއިރާއަކުން ބެޗެލަރސް ޑިގްރީ ޙާޞިލްކޮށްފައިވުން
  3. ޕަވަރ ސިސްޓަމް ޑިޒައިނިންގ އަދި އިންސްޓޮލޭޝަންގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  4. މޯލްޑިވްސް އެނަރޖީ އޮތޯރިޓީން ދޫކުރާ ހުރިހާ ކެޓަގަރީ އެއްގެ (A,B,C,D,E,F,G) ޕަވަރ އިންޖިނިއަރިންގ ލައިސަންސް ލިބިފައިވުން.
  5. މިމަޤާމަށް މީހަކު ހޮވުމުގައި ބިލްޑިންގ ޑިޒައިނިންގ ގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

  

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ހުޅުމާލެ ހޮސްޕިޓަލްގެ އިލްކްޓްރިކަލް އިންޖިނިއަރިންގ، ޕަވަރ ސިސްޓަމް ޑިޒައިނިންގ އަދި ބިލްޑިން ދާއިރާގެ މަސައްކަތްތަކުގައި ކޮންސަލްޓެންސީ ދިނުން.

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 17 އޯގަސްޓް 2017 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.ވަޒީފާއަށް އެދޭ ފޯމު.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • ޕޮލިސް ރިޕޯޓް


ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

09 އޮގަސްޓް 2017
ހޯދާ