މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރ:   (IUL)25-A5/25/2017/ 21 

                         ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ބޭނުންވެއްޖެއެވެ.

 

މުސާރަ: މަހަކު18,000  ރުފިޔާ

ނަން: ލީގަލް އޮފިސަރ

ބޭނުންވާ އަދަދު: 1

މުއްދަތު : 1 އަހަރު

  1. މިނިސްޓްރީއާއި، ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ މިޝަން އަދި އެމްބަސީތަކަށް ބޭނުންވާ އެގްރީމަންޓްތައް ދިރާސާކޮށް، އެހީތެރިވެދިނުން.
  2. މިނިސްޓްރީގެ ލަފާ ހޯދުމަށް ސަރުކާރުގެ އެކި އިދާރާތަކުންނާއި އަމިއްލަ ފަރާތްތަކުން އަދި ބައިނަލްއަޤްވާމީ ޖަމިއްޔާ ޖަމާޢަތްތަކުން ފޮނުވާ ސިޓީތަކަށް/ކޮމިޔުނިކޭޝަންތަކަށް ޖަވާބު ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.  
  3. ބައިނަލް އަޤްވާމީ މުޖުތަމަޢު އާއި ދިވެހިރާއްޖެއާއި ގުޅޭ ޤާނޫނީ އަދި އިންސާނީ ޙައްޤުތަކާބެހޭ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާއި ގުޅޭ ރިޕޯޓް، ބްރީފް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  4. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދަޢުލަތުން ހުށަހަޅަންޖެހޭ ރިޕޯޓްތައް ލައިން މިނިސްޓްރީތަކާއި ގުޅިގެން ތައްޔާރުކުރުން.  
  5. ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމާ ބައިނަލް އަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ޕޮޒިޝަން ޕޭޕަރ ތައްޔާރުކުރުމާއި، މުޢާހަދާ ރެޓިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްޢަޤްވާމީ ޖަލްސާތަކަށް ޑިވިޜަނުން ތައްޔާރުކުރަންޖެހޭ މައުލޫމާތު ކަރުދާސް ތައްޔާރު ކުރުން. 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  • ޤާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން.

(ދާއިރާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ)

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

ވީމާ، މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 17 އޮގަސްޓް 2017 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

 

     

08 އޮގަސްޓް 2017

08 އޮގަސްޓް 2017
ހޯދާ