ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
ރިނބުދޫ ސްކޫލްގެ އެސެމްބްލީ އޭރިޔާ އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން

ރިނބުދޫ ސްކޫލްގެ އެސެމްބްލީ އޭރިޔާ އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދުން

        މިސްކޫލްގެ އެސެމްބްލީ އޭރިޔާ އަމިއްލަތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

13 އޮގަސްޓް 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

23 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:00 ގައި.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.

09 އޮގަސްޓް 2017
ހޯދާ