މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯންޗް ޑްރައިވަރު

މަޤާމް :ލޯންޗް ޑްރައިވަރު
ބޭނުންވާ އަދަދު :1

މަޤާމް:              ލޯންޗް ޑްރައިވަރ

މަޤާމުގެ ނަމްބަރު:       221470

ސަރވިސް :          ސަޕޯޓް ސަރވިސް

ރޭންކް:              އެސް.އެސް 3 ( ސަޕޯރޓް ސްޓާފް ގްރޭޑް 3 )

ކްލެފިކޭޝަން          ސަޕޯޓް ސްޓާފް ގްރޭޑް 3

ޔުނިޓް:              އެޑްމިނިސްޓްރޭޝަން ހިޔުމަން ރިސޯސް އެންޑް އިންފޮމޭޝަން

ސެކްޝަން            ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ރ. އުނގޫފާރު

މަޤާމުގެ ގިންތި         ދާއިމީ

މުސާރަ:            3,875:00 ރުފިޔާ

ސަރވިސް އެލަވަންސް:  1000.00 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:  ދަތުރު އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް  ކޮށްފިނަމަ  އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކޮށްފިނަމަ ބަންދު ދުވަހުގެ ފައިސާއާއި ރަމްޟާން މަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ ސިވިލް ސަރވިސް ޤަވާޢިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.

ބޭނުންވާ ޢަދަދު:      01

 

މަޤާމުގެ ޝަރުޠު:

1-      މަގާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ހާސިލްކޮށްފައި ވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ނުވަތަ

 

2-      މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު

 

1-   ކުރަންޖެހޭ ދަތުރުތަކަށް ލޯންޗް ތައްޔާރުކޮށް ގަޑިއަށް ފުރުން

2-    ލޯންޗް ފެހިކަހާ ބެލެހެއްޓުން

3-    ލޯންޗް ފަޅުގައި އޮންނައިރު ހަފްތާއަކު 2 ދުވަހު ލޯންޗް ދޮވެ ފޮޅާ ސާފުކުރުން

4-    ލޯންޗް ބޯސަލުގައި އޮންނައިރު  ފަރުވާތެރިކަމާއެކު ލޯންޗް ބެލެހެއްޓުން

5-    ލޯންޗަށް ދިމާވާ މައްސަލަތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން

6-    ލޯންޗާއި އިންޖީނުގެ ކުދިކުދި މަރާމާތުތައް ކުރުން

7-    އަތޮޅު ކައުންސިލް އިދާރާއިން ކުރިޔަށް ގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1-    ތައުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.

2-    މިވަޒީފާތަކަށް ގުޅުންހުރި ދާއިރާތަކުން ހާޞިލްކޮށްފައިވާ ސެޓްފިކެޓްތަކެއް ކަމުގައިވުން

3-    މަސައްކަތު ތަޖްރިބާ ލިބިފައިވާ މިންވަރު.

4-    މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް

       

ހުށަހަޅަންޖެހޭ ލިއުންތައް:

1-   ފުރިހިމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )

2-   ތަޢުލީމީ ސެޓފިކެޓްތަކުގެ ކޮޕީ.

3-   ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ ރ. އަތޮޅު ކައުންސިލް އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުން ގެންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ އިޢުތިރާޒެއް ނެތްކަމުގެ ލިއުން.

4-   ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އެމުވައްޒަފުގެ ވަޒީފާގެ މަސްޢޫލިއްޔަތާއި  މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟީރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް ވަޒީފާ އަދާކުރި ނުވަތަ ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުމެއް.

5-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ

6-   ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު )

 

އިންޓަވިޔު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚް:

 މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިޔުއާއި ޕްރެޓިކަލް އާއި އިމްތިޙާނުކުރުން އޮންނާނީ 2017 އޮގަސްޓް މަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

 

އެޕްލިކޭޝަން ފޮނުވަންވީ ތަނާއި ތާރީޚް:

 

މިވަޒީފާތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއި އެކު 22 އޮގަސްޓް 2017 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް އީމެއިލުން ( [email protected] ) އިން ވެސް ހުށަހެޅިދާނެއެވެ.

 

އިތުރު މަޢުލޫމާތު:

 މިވަޒީފާތަކަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރ. އަތޮޅުކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޝަން އެޗް.އާރު އިންފޮމޭޝަން ޔުނިޓާއި 6580027 ނަމްބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

 

މިމަޤާމަށް އިންޓަރވިޔު ކުރެވޭނީ މި މަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ތަޢުލީމީ ފެންވަރު އެންމެ ރަގަޅު ފަރާތްތަކާއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  17 ޒުލްގައިދާ  1438

                  09 އޮގަސްޓް  2017

09 އޮގަސްޓް 2017
ހޯދާ