މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން އެކްރެޑިޓްކޮށްފައި ނުވާ ކޮލެޖް ތަކުން ކިޔެވުމާއި ބެހޭ

އިއުލާން

ސިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު (ނަންބަރ 2015/13) ގެ 33 ވަނަ މާއްދާގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ މަސްއޫލިއްޔަތާއި ބާރުތައް ވަނީ ބަޔާން ކުރައްވާފައެވެ. އެގޮތުން އެމާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މެޑިކަލް ޕްރެކްޓިޝަނަރުންނާއި ޑެންޓަލް ޕްރެކްޓިޝަނަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ އެކި އެކި ފަރާތްތަކަށް ދިނުމުގެ ބޭނުމަށްޓަކައި ސިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމީ މަރުކަޒުތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޤަބޫލްކުރާ ތައުލީމީ މަރުކަޒުތަކާއި ތަމްރީން ދޭ މަރުކަޒުތައް ކަނޑައަޅާ، ކައުންސިލުން އެކްރެޑިޓް ކުރާ މަރުކަޒުތަކުގެ ނަންތައް ވަނީ މިކައުންސިލްގެ ވެބްސައިޓްގައި ޝާއިޢު ކޮއްފައެވެ. ވީމާ މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ ފަންނުން ތައުލީމު ހާސިލް ކުރެއްވުމަށް ވަޑައިގަންނަވާ ފަރާތް ތަކުން މިކަމަށް ސަމާލުކަން ދެއްވުމަށް ނަސޭހަތްތެރި ވަމެވެ. އަދި އެކްރެޑިޓްކޮށްފައިނުވާ ތަންތަނުން ތައުލީމު ހާސިލް ކުރައްވާ ފަރާތްތަށް ކައުންސިލްގައި ރަޖިސްޓްރީކޮށް ނުދެވޭނެއެވެ. މެޑިކަލް އަދި ޑެންޓަލް ޕްރެކްޓިޝަނަރުންގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތް ކުރެއްވޭނީ މިކައުންސިލްގައި ރަޖިސްޓްރީކޮށް އަދި ލައިސަންސް ލިބުމުން ކަމުގައި ވެސް ހަނދާންކޮށް ދެމެވެ.

09 އޮގަސްޓް 2017
ހޯދާ