ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެންޕްލޯއިމެންޓް އުސޫލުން މުދިމަކު ހޮވުމަށް

އިޢުލާން

                                           ނަންބަރ: (IUL)412/412/2017/10

ވަޒީފާގެ ފުރުޞަތު:

  • މަޤާމުގެ ނަން:             މުދިމް
  • ވަޒީފާގެ ބާވަތް:             ވޭޖް އެމްޕްލޯއިމަންޓް
  • ރޭންކް:                  ޖީ.އެސް. 1
  • ކުލެސިފިކޭޝަން:            އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
  • ބޭނުންވާ ޢަދަދު:            1 (އެކެއް)
  • މުސާރަ:                     މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް ( 48 ސާޅީސް އަށްރުފިޔާ)
  • ސަރވިސް އެލަވަންސް:        މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް ( 10 ދިހަ ރުފިޔާ)
  • މަސައްކަތް ކުރަންޖެހޭ ތަން/ އޮފީސް:    ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގައި.
  • ސެކްޝަން:   އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  • ފަރުޟު ފަސްނަމާދު، ކޮންމެ ނަމާދު ވަގުތު ޖެހުމުގެ ކުރިން ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތަށް ހާޒިރުވެ މިސްކިތުގެ ކަންތައްތައްބަލައި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި ފަރުޟު ފަސްނަމާދުގެ ވަގުތަށް ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
  • މިސްކިތު މަސައްކަތު މީހުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
  • މިސްކިތަށް ލިބޭ ގެއްލުންތަކާއި، ދަތިވާ ކަންކަން ކައުންސިލްގެ އިދާރާއަށް ހުށަހަޅައި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުން.
  • މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުން
  • ކައުންސިލްގެ އިދާރާއިން އަންގައިފިނަމަ ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދާއި، ތަރާވީޙް ނަމާދާއި، ކަށުނަމާދު، އިމާމުވެ މިސްކިތުގައި ކުރުން.
    • މަޤާމުގެ ޝަރުޠުތައް:

މަޤާމްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

ޞާނަވީ ތަޢުލީމް ހާޞިލްކޮށްފައިވުން، ނުވަތަ

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،

އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް ކޮނޑޭ ކައުންސިލް އިދާރާއިން ފެންވަރު ބެލުމަށް ކުރާ އިންޓަވިއުއިން ފާސްވުން، ނުވަތަ ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.

  1.  ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

(1) ލިބިފައިވާ ތަޢުލީމާއި ތަމްރީނު.

(2) ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

(3) މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ކުރުން:

ވަޒީފާއަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި ގއ.ކޮނޑޭ ކައުންސިލްގެ އިދާރާގައި އިންޓަވިއު އޮންނާނެއެވެ. އިންޓަވިއުއަށް ހާޒިރުވުމަށް 24 ގަޑިއިރުގެ ކުރިން އެންގޭނެއެވެ.

  • ވަޒީފާއަށް އެދެންވީގޮތް:

މިވަޒީފާއަށް  އެދޭ ފަރާތްތަކުން 2017 އޯގަސްޓް 17 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ގއ.ކޮނޑޭ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ސީވީ ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  • ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު. (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް  www.csc.gov.mv އިން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖެއިން ބޭރުގެ ތަޢުލީމީ އިންސްޓިޓިއުޓަކުން ނުވަތަ ރާއްޖޭގެ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޝަނެއްގެ ކޯހެއްނަމަ،މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ސެޓުފިކެޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކުރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ )
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. ( މަސައްކަތް ކުރިތަނުން މަސައްކަތްކުރި ތަންތަނުން މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްޢޫލިއްޔަތު ބަޔާންކޮށްފައިވާ )
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި މަސައްކަތުގެ ތަކުރިބާ ދެނެގަތުމަށް،މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.  (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)

އިތުރު ތަފްޞީލު.

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދްމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް ހުށަހަޅަންވާނެއެވެ، ވަޒީފާއަށް އިޢުލާންކުރި އޮފީހުގެ މުވައްޒަފަކު ވަޒީފާއަށް އެދޭ ފޯމް ހުށަހަޅާއިރު، މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުން:

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަވާނަމަ،  ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން އެ ފަރާތްތައް ޝޯޓް ލިސްޓްކުރުމުގެ އިޚްތިޔާރު، ހިޔުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީއަށް ލިބިގެންވެއެވެ.

 އިތުރު މަޢުލޫމާތު:

     އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6820019 އަށެވެ. ފެކްސް ނަންބަރަކީ 6820019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 16  ޛުލްގައިދާ  1438

 08   އޯގަސްޓް  2017   

 

08 އޮގަސްޓް 2017
ހޯދާ