ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

 އައްޑޫ ސިޓީ / ހިތަދޫ                                                                                      ދިވެހިރާއްޖެ               

HRH/I/2017/04    : ނަމްބަރ

ވަޒީފާގެ ފުރުޞަތު

 

08..08.2017     : ތާރީޚް

 

މަޤާމް :

ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރ:  

J-240226

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:  

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން /ޔުނިޓް

ޕަބްލިކް ހެލްތް ޔުނިޓް

މަޤާމް އޮތް އޮފީސް:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

މުސާރަ

މަހަކު -/6295 ރުފިޔާ 

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

އިތުރު ޢިނާޔަތްތައް:

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ރިސްކް އެކުލެވޭ މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް    ރިސްކް  އެލަވަންސް -/100

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  • މިނިސްޓްރީ އޮފް ހެލްތް އަދި ހޮސްޕިޓަލުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ކޮންމެ އަހަރަކުވެސް އެކްޝަން ޕްލޭނެއް ހައްދަވައި އެ ޕްލޭނާ އެއްގޮތަށް ޞިއްޙީމަރުކަޒުތަކާއި ހެލްތް ޕޯސްޓްތަކުގެ ހެލްތް ޕްރޮމޯޝަން ޕްރޮގްރާމްތައް ރާވައި އެކަންތައްތައް ހިނގާނުހިނގާގޮތް ބެލުމާއި ކަމާބެހޭ ފިޔަވަޅު އެޅުން.
  • އައްޑޫސިޓީގެ ޞިއްޙީޙާލަތު ރަނގަޅުކުރުމަށް ބޭނުންވާ ޞިއްޙީ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހަރުދަނާކަންމަތީ ހިންގުމަށް ބޭނުންވާ އިތުރު އެހީ ފޯރުކޮށްދިނުމަށް ވީ އެންމެ ފުޅާދާއިރާއެއްގައި މަސައްކަތްކުރުން.
  • ކޮމިއުނިކަބްލް އަދި ނޮން ކޮމިއުނިކަބްލް ޑިޒީޒް ކޮންޓްރޯލް ޕްރޮގްރާމްތައް ހިންގައި، ޤަވާޢިދުން ރަށްރަށުގެ ރިޕޯޓްތައް ފޮނުވުން.
  • ޗައިލްޑް އެންޑް ނިއުޓްރިޝަން ޕްރޮގްރާމްގެ މަސައްކަތް ކުރުމާއި ޑިޕާޓްމަންޓުން ފޮނުވާފައިވާ ވަސީލަތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި ޤަވާއިދުން ރިޕޯޓް ފޮނުވުން.
  • ސްކޫލް ހެލްތް ޕްރޮގްރާމް އައްޑޫސިޓީގައި ޤަވާއިދުން ހިންގައި ރިޕޯޓް ފޮނުވުން.
  • ޚިދްމަތް ދިނުމަށް ދަތިނުވާނެހޭން ތެލެސީމިއާ ކުދިންނަށް ބޭނުންވާ ތަކެއްޗާއި ކަންކަމުގައި މޯލްޑިވިއަން ބްލަޑް ސަރވިސްގެ އިރުޝާދާ އެއްގޮތަށް ޢަމަލުކޮށް ވީ އެންމެ ފުޅާ ދާއިރާއެއްގައި އެ މަސައްކަތުގައި އެހީތެރިވެ ރެކޯޑްތައް ބެލެހެއްޓުން.
  • ރިޕްރޮޑަކްޓިވް ހެލްތް ޕްރޮގްރާމުގެ ޚިދްމަތް ދިނުމުގައި ލުއިފައިސޭހަކަމާއެކު ޚިދްމަތް ލިބިގަނެވޭނެ ފަދަ ގޮތަކަށް ރާވައި ހިންގުމާއެކު ސްޓޮކް ބެލެހެއްޓުން.
  • ޞިއްހީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތާ ބެހޭގޮތުން އައްޑޫސިޓީގައި ހިންގޭ އެންމެހައި ޙަރަކާތްތަކުގެ ރިޕޯޓް ފޮނުއްވުން.
  • އައްޑޫސިޓީގެ ޞިއްޙީޙާލަތު ދެނެގަތުމަށް ވިޒިޓްތައް ޕްލޭންކޮށް، ރަށުތެރޭގެ ވިޒިޓް ޕްރޮގްރާމް އެކުލަވާލައި ކުރިއަށް ގެންދިއުން.
  • ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެރޯގާ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ރަށުގައި ރޯގާއެއް ފެށިއްޖެނަމަ އެކަން ހިނގާނުހިނގާގޮތް ވިލަރެސް ކުރުމާއި އެމަޢުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އަންގައި މަޝްވަރާ ހޯދައި ފިޔަވަޅު އެޅުން.
  • ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގޭ ވާރކްޝޮޕް ސެމިނަރ ބައްދަލުވުންތައް އިންތިޒާމްކޮށް ރާވައި ހިންގުން.
  • ޢާއްމުންނަށް އަމާޒުކޮށްގެން ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމް ރާވައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން.
  • ޞިއްޙީ މަޢުލޫމާތު އެކުލެވޭފަދަ ލީފްލެޓް ލުއިފޮތް އަދި ވީޑިއޯ ޓޭޕް ތައްޔާރުކޮށް ހޯދައި ކޮމިއުނިޓީއަށް ފޯރުކޮށްދިނުން.
  • ޞިއްޙީދާއިރާގެ މުވައްޒަފުންގެ މެދުގައި ޞިއްޙީ މަޢުލޫމާތު އިތުރުކުރުމަށް އެކި ޕްރޮގްރާމްތައް ރާވައި ހިންގުން.

 

 

މަޤާމުގެ ޝަރުޠުތައް:

  1. ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

 

ނުވަތަ

 

  1. 2.  ޕްރައިމަރީ ހެލްތް ކެއަރ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ވަޒީފާއަށް އެންމެ

ޤާބިލްފަރާތެއް ހޮވުމަށް  

ބެލެވޭނެ ކަންތައްތައް:

1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

 

ހުށަހަޅަން ޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

   ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސާރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ  މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  

ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ

ނ. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

   ހ. ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   ށ. އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ  

މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.އަދި ޝަރުޠު ހަމަނުވާ އެޕްލިކޭޝަންވެސް ބަލައި ނުގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ

ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 އޮގަސްޓް 2017 އާއި 21 އޮގަސްޓް 2017 އާ ދެމެދު، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.  

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

30% (ތިރީސް އިން ސައްތަ)

އިތުރު މަޢުލޫމާތު

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9555901  ނަންބަރު ފޯނާއެވެ.

 

 

16 ޛުލްޤައިދާ 1438

08 އޮގަސްޓް 2017

       

 

 

 

 

                                                                           މުޙައްމަދު ނަޖީބު

                                                                       ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ 

08 އޮގަސްޓް 2017
ހޯދާ