ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގައި ކުރަންހުރިބައެއް މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގައި ކުރަންހުރި ބައެއް މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު މި ކޯޓުގެ ނަމްބަރ : O8C-A/2017/05 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާނު ބާޠިލް ކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 އޯގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:30 އަށް ލ.ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ލ. މާވަށު މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 21 އޯގަސްޓް 2017 ވާ ހޯމަ ދުވަހު 13:30 އަށް،  މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީ ހިސާބު  ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

16 ޛުލްޤަޢިދާ 1438

08 އޯގަސްޓް 2017

 

 

08 އޮގަސްޓް 2017
ހޯދާ