ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ރައްޔިތުންގެ " އުތުރުހިޔާ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިބެހޭ

އިޢުލާނު               

 

ހއ. އަތޮޅު ރައްޔިތުންގެ " އުތުރުހިޔާ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއިބެހޭ

 

            ހއ. އަތޮޅު ރައްޔިތުންގެ " އުތުރުހިޔާ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވާ  ސިޓީ އުރައިގެ ބޭރުގައި " ހއ. އަތޮޅު ރައްޔިތުންގެ " އުތުރުހިޔާ " ޢިމާރާތް އަމިއްލަ ތަކެތީގައި މަރާމާތުކުރުމާއި ގުޅޭ" މިގޮތަށް ލިޔުއްވަންވާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށައެޅުން

16 އޯގަސްޓް 2017   11:00

24 އޯގަސްޓް 2017     11:00

            ކުންފުނި، އިންވެސްޓްމެންޓް އަދި ވިޔަފާރިފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި އެމީހަކު ތަމްސީލުކުރަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް ނުވަތަ ވިޔަފާރިއެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅުއްވާންވާނެއެވެ. އަމިއްލަ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަން ވާނެއެވެ. މީގެއިތުރުން  އަމިއްލަފަރާތަކުން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަންވާނެއެވެ. އަދި އެމީހަކުތަމްސީލްކުރަނީ ކޮންފަރާތެއްކަން އަންގައިދޭ ސިޓީއާއި، އެފަރާތުގެމުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއްގެންނަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކުންވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

            އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ. އަދި މި އިދާރާގެ ނަންބަރު: (IUL)225-ID/225/2017/9 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ އެއިޢުލާނު ބާޠިލް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

  1. މަސައްކަތުގެ އަގު ( 65 އިންސައްތަ )
  2. މަސައްކަތް ނިންމާނެ މުއްދަތު ( 25 އިންސައްތަ )
  3. މިފަދަ މަސައްކަތުގެ ތަޖުރިބާ ( 10 އިންސައްތަ )

15 ޛުލްޤައިދާ  1438

               07 އޯގަސްޓް 2017

 

 

07 އޮގަސްޓް 2017
ހޯދާ