ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޮނިހިރު ބާޒާރުގައި އިމްޕޯޓް މުދާ ވިއްކުން މަނާކުރުމާބެހޭ

ހޮނިހިރު  ބާޒާރަކީ ރާއްޖޭގައި އުފައްދާ ތަކެތި ވިއްކުމަށްޓަކައި ޚާއްޞަ ކުރެވިފައިވާ ބާޒާރަކަށް ވާތީ އެސަރަޙައްދުގައި އިމްޕޯޓް މުދާ ވިއްކުމާއި، އިމްޕޯޓް މުދަލާއި ގުޅޭ ޕްރޮމޯޝަންތައް ބޭއްވުމަކީ މަނާކަމެކެވެ. އިމްޕޯޓް މުދަލަކީ އެކަމަށް ޚާއްޞަ ހުއްދަތަކެއް ނެގިގެން އެކަމަށް ޚާއްޞަކުރެވިފައިވާ ވަކި އިމާރާތެއްގައި ކުރުމަށް ހުއްދަ ކުރެވޭ ވިޔަފާރިއަކަށްވާތީ އިމްޕޯޓް މުދާ ވިއްކުމަށް ހުއްދަދެވޭ ތަންތަން ފިޔަވައި އެހެނިހެން ތަންތަނުގައި އިމްޕޯޓް މުދާ ވިއްކުމަކީ މަނާކަމެއް ކަމުގައި އަންގަމެވެ. އަދި ހުއްދަ ނުނަގައި އިމްޕޯޓް މުދާ ގަވައިދާ ޚިލާފަށް ވިއްކާ ފަރާތްތަކާއިމެދު ޤަވައިދުން ފިޔަވަޅު އަޅަމުން ގެންދެވޭނެ ވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރަމެވެ.

06 އޮގަސްޓް 2017
ހޯދާ