މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެދުރުވެހި ފްލެޓްތަކުގެ ޕޮއިންޓް ތަރުތީބު ދާއިމީ ލިސްޓް އާންމުކުރުމާއި ގުރުއަތުލުން ބޭއްވުން

އިޢުލާން

                އެދުރުވެހީގެ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ވަގުތީ ލިސްޓް 22 ޖުލައި 2017 އިން ފެށިގެން ގެޒެޓްކޮށް އާއްމު ކުރުމަށްފަހު މި މިނިސްޓްރީގެ ނަންބަރު IUL)22-EDF/1/2017/241)  އިޢުލާނުން ދެންނެވިފައިވާ ގޮތަށް ޝަކުވާ ހުށަހެޅުއްވުމަށް ދެވުނު ފުރުސަތުގައި ޕޮއިންޓް ލިބުނު ތަރުތީބަށް އެއްވެސް ބަދަލެއް އަންނަވަރުގެ ޝަކުވާއެއް ހުށަހަޅުއްވާފައިނުވާތީ، އެދުރުވެހީގެ ފްލެޓަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ތަރުތީބު ދާއިމީ ލިސްޓް ގެޒެޓް ކުރަމެވެ. މި ލިސްޓް މިނިސްޓްރީގެ ނޯޓިސްބޯޑްގައި ބެހެއްޓުމުގެ އިތުރަށް، އެދުރުހިޔާގެ ނޯޓިސްބޯޑުގައާއި އެދުރުވެހީގެ ނޯޓިސްބޯޑުގައި އަދި މިމިނިސްޓްރީގެ ވެބްސައިޓް www.moe.gov.mv ގައި 06 އޯގަސްޓް 2017 އިން ފެށިގެން ޝާއިޢު ކުރެވޭނެއެވެ.

                 އެދުރުވެހީގެ ފްލެޓަށްއެދި ފޯމްހުށަހެޅި ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކަށް ލިބޭނެ ފްލެޓް ކަނޑައެޅުމަށާއި، ވެއިޓިންގ ލިސްޓް ތަރުތީބުކުރުމަށް ބޭއްވޭ ގުރުއަތުލުން 2017 އޯގަސްޓް 7 ވާ ހޯމަ ދުވަހުގެ ރޭ 08:30 އިން ފެށިގެން އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާގައި ކުރިޔަށް ގެންދާގޮތަށް ހަމަޖައްސައިފީމެވެ.

                ވީމާ، މިދެންނެވި ގުރުއަތުގައި ބައިވެރިވެދެއްވުމަށް ދައުވަތުއެރުވޭ ފަރާތްތަކުން ދަޢުވަތުއެރުވޭ ގަޑިއަށް އެދުރުހިޔާ ޢިމާރާތުގެ 9 ވަނަ ފަންގިފިލާ އަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.

02 އޮގަސްޓް 2017
ހޯދާ