ދިވެހިރާއްޖެ
މަޤާމް :ސައިޓް މެނޭޖަރ | |
---|---|
ބޭނުންވާ އަދަދު :1 | |
އިޢުލާނު
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ. |
|
މަޤާމް: |
ސައިޓް މެނޭޖަރ |
މަޤާމުގެ ނަންބަރު: |
J-248465 |
ބޭނުންވާ އަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް 3 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
ތިލަފުށި އޮޕަރޭޝަންސް ސެންޓަރ / އޮޕަރޭޝަންސް ސެކްޝަން |
މަޤާމް އޮތް އޮފީސް: |
ޕަބްލިކް ވަރކްސް ސަރވިސަސް، ކ. މާލެ |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޕަބްލިކް ވަރކްސް ސަރވިސަސް، ކ. މާލެ |
މުސާރަ: |
މަހަކު -/7035ރ |
ސަރވިސް އެލެވަންސް: |
މަހަކު -/2000ރ |
އިތުރު ޢިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4. ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު).
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސައިޓްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައި އޮންނަ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ދުވަހުން ދުވަހަށް މަސައްކަތްތައް ރާވާ އެކަމާބެހޭގޮތުން ކުރަންޖެހޭ ހުރިހާ އިންތިޒާމްތަކެއްކޮށް، ހިންގާ މަސައްކަތްތައް ބެލެހެއްޓުން. 2. ސައިޓްގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މޮނިޓަރކޮށް މަސައްކަތު ރިޕޯޓް ތައްޔާރު ކުރައްވާ، ޗެކުކުރުން އަދި ދުވަހުން ދުވަހަށް ސެކްޝަން ހެޑަށް ޕްރޮޖެކްޓް ސްޓޭޓަސް ރިޕޯޓްކޮށް، ސެކްޝަނަށް ރިޕޯޓް ފޮނުވުން. 3. ކޮންމެ ދުވަހަކުމެ އެދުވަހެއްގެ މަސައްކަތް ޝެޑިއުލްތަކާ އެއްގޮތަށް ތަންފީޒުކޮށް ނުނިމިހުންނަ މަސައްކަތްތައް ސެކްޝަން ހެޑްގެ ލަފާގެމަތިން ކުރިޔަށް ރޭވުން. 4. ސައިޓްގެ މަސައްކަތްތަކަށް ހޯދަންޖެހޭ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ކަމާބެހޭ ދާއިރާތަކަށް ރިކްއެސްޓް ކުރެވުމާއި، ލިބޭ ތަކެއްޗާއި، ބޭނުންކުރެވޭތަކެތީގެ ހިސާބު ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުން. 5. ސައިޓްގެ ހުރިހާ ތަނެއް ސުޕަވައިޒްކޮށް މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މުވައްޒަފުން ލައްވާ މަސައްކަތްތައް ކުރުވާ، ސައިޓްތެރެއާއި ސައިޓްގައި ބޭނުންކުރާ ހުރިހާ އިކްއިޕްމަންޓްތަކާއި އެހެނިހެން ތެކެތި މަސައްކަތް ނިމުމުން ސާފުކުރުވާ ރައްކައުކުރޭތޯ ބަލާ އެތަންތަނާއި ތަކެތި ޗެކްކޮށް ބެލެހެއްޓުން. 6. ސައިޓްގައި މަސައްކަތްކުރުމުގައި ދިމާވާ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ސައިޓްގެ މުވައްޒަފުންނާއި ވާހަކަ ދައްކައިގެން ހޯދާ، އެމަޢުލޫމާތު ސެކްޝަން ހެޑަށް ދިނުމާއިއެކު ސެކްޝަން ހެޑްގެ ލަފާ ހޯދާ އެކަން ޙައްލުކުރުމަށްޓަކައި މީޓިންގތައް ބާއްވާ މުވައްޒަފުންނާއި މަޝްވަރާކޮށް މައްސަލަތައް ހައްލުކުރުން. 7. މަސައްކަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންގެ ސަލާމަތާއި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުމާއި، މިފަދަ ކަންކަމުގައި ބޭނުންވާނެ ފަންނީ މަޢުލޫމާތު ސެކްޝަން ހެޑްގެ ލަފާގެ މަތިން ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިނުން. 8. އޮފީހުގެ އިދާރީ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޖެކްޓްސް ދާއިރާގެ ސައިޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެކިކަންކަމުގައި ދެކޭގޮތާއި، އަޚްލާޤާއި ސުލޫކީ މިންގަނޑު ބަލަމުންގެންދިއުމާއި، އިޞްލާޙް ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް، ސައިޓްގެ އޮފިސަރުންނާއި ސެކްޝަންގެ ހެޑްގެ ސަމާލުކަމަށް ގެނައުމާއި، މުވައްޒަފުންނާއި ބެހޭގޮތުން ކުރެވޭ މުޢާމަލާތުތަކުގެ ފުރިހަމަ ރެކޯޑްސް ބެލެހެއްޓުމާއި، ހަމަޖެހިފައިވާ އުޞޫލްތަކާއި ޚިލާފަށް ހިނގާކަންކަން އިޞްލާޙް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން. ނުވަތަ 5. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން: 1. ތަޢުލީމާއި ތަމްރީން. 2. މަސައްކަތުގެ ތަޖުރިބާ. 3. އިންޓަވިއު. 4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު. 5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ). (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މި ސަރވިސަސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 އޮގަސްޓް 2017 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ޕަބްލިކް ވަރކްސް ސަރވިސަސް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3313249 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 އޮގަސްޓް 2017 އާއި 20 ސެޕްޓެމްބަރ 2017 އާ ދެމެދު، ޕަބްލިކް ވަރކްސް ސަރވިސަސްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
30 އިންސައްތަ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3323537 / 3020811 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3313249 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
11 ޛުލްޤަޢިދާ 1438 03 އޮގަސްޓް 2017 |