ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ. |
|||
މަޤާމު |
ލޯންޗް ޑްރައިވަރ |
||
މަގާމުގެ ނަންބަރު: |
233566 |
||
ބޭނުންވާ އަދަދު: |
1 |
||
މަގާމުގެ ގިންތި: |
ދާއިމީ |
||
މަޤާމުގެ ރޭންކް: |
އެސް. އެސް 3 |
||
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 3 |
||
ސެކްޝަން: |
އެޑްމިނިސްޓްރޭޓިވް އެންޑް ފައިނޭންސް |
||
މަގާމު އޮތް އޮފީސް |
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް / ބ. އޭދަފުށި |
||
މުސާރަ: |
-/3,875 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
-/1,000 ރުފިޔާ |
||
އިތުރު ޢިނާޔަތްތައް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. ( މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް ) |
||
ޝަރުތު |
|
||
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ޕްރޮގްރާމްތައް ހިންގުމަށް ކުރަންޖެހޭ އެންމެހާ ދަތުރުތައް ކުރުން.
ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ރޭންޖާސް ކުރާ މަސައްކަތުގައި އެހީތެރިވެ ދިނުން.
މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ރިޕޯޓް ކުރުން.
ލޯންޗް ކެޕްޓަނެއްގެ ހައިސިއްޔަތުން ބަޔޮސްފިއަރ ރިޒާވް އޮފީހުގެ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދިނުން.
ލޯންޗުގެ ރޫޓީން ހުރިހާ މެއިންޓަނަންސް މަސައްކަތްތައް އަދި ލޯންޗްގެ ސާފުތާހިރުކަން ބެލެހެއްޓުން.
ލޯންޗުގެ ސަލާމަތީ ވަސީލަތް ތަކާއި އާލާތްތައް ގަވާއިދުން ބެލެހެއްޓުން.
|
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
|
||
ހުށަހަޅަންޖެހޭ ތަކެތި:
|
|
||
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓުން www.environment.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2017 އޮގަސްޓް 14 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް އަށެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
||
އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 15 އޮގަސްޓް 2017 އާއި 30 އޮގަސްޓް 2017 އާ ދޭތެރޭގެ ތާރީޚެއްގައި މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒާރވް އޮފީސް ގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޙުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރުމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
މަޤާމަށް މީހުން ހޯވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ %25 |
||
އިތުރު މަޢުލޫމާތު ހޯދުމަށް: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ. |
||
3 އޮގަސްޓް 2017 |