ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަގުމަގަށް އަރައިގެން ކަނޑަންވެފައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

ކިނބިދޫ ރައްޔިތުންގެ ސްޓޭޖުގެ ކުރިމަތީ ފަންނު މަގުގައި ހުރި ރުއް ތަކަކާއި، ހެލްތް ސެންޓަރުގެ އިރުމަތި، ދެކުނު މަގާއި، ވައިލެޓް މަގުގެ އިރުމަތީ ކޮޅުގައިހުރި ރުއްތަކެއް މަގައް އެރުމުގެ ސަބަބުން ދަތިވާތީ މިރުއްތައް ކެނޑުމަށް ވަނީ ހަމަޖެހިފައެވެ.

ރުއްގަސް ހުރި ތަންނަނާއި ނަމްބަރުތައް

1-    ވައިލެޓް މަގުގެ އިރުމަތީ ކޮޅުގައި ހުދު ދަވާދުން  1،2،4،5،7،8،10،11،12 ނަމްބަރު ޖަހާފައިވާ ރުއްތައް.

2-    ފަންނުމަގަށް ވާގޮތަށް ( ސްޓޭޖް ކުރިމަތީމަގު )  ރަތްދަވާދުން 201 ން 214 އަށް ނަމްބަރ ޖަހާފައިވާ ރުއްތައް .

3-    ހެލްތް ސެންޓަރުގެ އިރުމަތި މަގާއި، އުތުރު ފަރާތު މަގު، އަދި ދެކުނު ފަރާތު މަގުގައި ރަތް ދަވާދުން ކަނޑާ ނަމްބަރ 215 އިން 218 އަށް ޖަހާފައިވާ ރުއްތައް.

            ވީމާ، މި ރުއްގަހުގެ ވެރިފަރާތްތަކުން ވެރިފަރާތް ބަޔާންކޮށް މި އޯގަސްޓްމަހުގެ 15 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން މިއިދާރާއަށް އެންގެވުން އެދެމެވެ.

     ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

03 އޮގަސްޓް 2017
ހޯދާ