ދިވެހިރާއްޖެ
ނަންބަރ: 46/IUL)22-G/22/2017)
އިޢުލާން
މިމިނިސްޓްރީ އިންސްކޫލްތަކުގައި ޢިމާރާތް ކުރަމުންގެންދާ ހޯލްތަކަށް ސައުންޑް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް
މި މިނިސްޓްރީއިން ދޭ މަޢުލޫމާތާ އެއްގޮތްވާ ގޮތުގެ މަތިން މިނިސްޓްރީ އިން ސްކޫލަތަކުގައި ޢިމާރާތް ކުރަމުންގެންދާ ހޯލްތަކަށް ސައުންޑް ސިސްޓަމް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީގެ ފިޒިކަލް ފެސިލިޓީސް ޑެވެލޮޕްމެންޓް ސެކްޝަން (ވެލާނާގެ 9 ވަނަ ފަންގިފިލާ) އަށް ދުރުވެ މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
17 އޮގަސްޓު 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް |
28 އޮގަސްޓު 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް |
މިމަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަންބަރ (2014/18)ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ (2014/19) (އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 3341127 ނުވަތަ 3341126 ފޯނަށް ގުޅުއްވުން އެދެމެވެ.
11 ޛުލްޤަޢިދާ 1438
03 އޯގަސްޓް 2017