ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ގުޅިފަޅަށް އެރުމާއި ގުޅިފަޅުގެ ބީޗް ބޭނުންކުރުމާ ބެހޭ

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

GIL/IUL/2017/218ނަންބަރު:

ތާރީޚް: 02 އޮގަސްޓް 2017

އިޢުލާން

ގުޅިފަޅަށް އެރުމާއި ގުޅިފަޅުގެ ބީޗް ބޭނުންކުރުމާ ބެހޭ

 

              02 އޮގަސްޓް 2017 ވަނަ ދުވަހުން ފެށިގެން ގުޅިފަޅުގެ ރަސްމީ ޖެޓީ ފިޔަވާ އެހެން ސަރަހައްދަކުން ގުޅިފަޅަށް އެރުމަކީ މަނާކަމެކެވެ. އަދި މީގެ އިތުރުން ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތައް ފިޔަވާ އެހެން ފަރާތްތަކުން، ގުޅިފަޅަށް އެރުމުގައި، މިކުންފުނީގެ ހުއްދަ ހޯއްދަވަންޖެހޭނޭ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ފާއިތުވި ދުވަސްތަކުގައި މިކުންފުނީގެ ހުއްދަނެތި، އެކި ބާވަތްތަކުގެ އުޅަނދުތައް ގުޅިފަޅުގެ ބީޗް ސަރަހައްދާއި ކައިރިކޮށް، ބީޗް ސަރަހައްދު ބޭނުންކޮށްފައިވާކަން މިކުންފުންޏަށްވަނީ ފާހަގަ ކުރެވިފައެވެ. ވީމާ މިކަމާއި ގުޅިގެން ދަންނަވަމެވެ. މިކުންފުނީގެ ހުއްދަނެތި، ގުޅިފަޅުގެ ބީޗް ސަރަހައްދު ބޭނުންކުރުމަކީވެސް މަނާކަމެކެވެ. އަދި މިއިޢުލާނުގެ ތާރީޚުން ފެށިގެން، މިކުންފުނީގެ ހުއްދަނެތި ގުޅިފަޅަށް އަރައި، ގުޅިފަޅަށް ނިސްބަތްވާ އެއްވެސް ސަރަހައްދެއް ބޭނުންކޮށްފި ޙާލަތެއްގައި، ކަމާބެހޭ ފަރާތްތަކަށް އަންގައި، ރަސްމީގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނޭ ވާހަކަ ދަންނަވަމެވެ. ވީމާ މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 އިން 16:00 އާއި ދެމެދު މިކުންފުނީގެ ފޯނު ނަމްބަރު 3016630 އާއި ގުޅުއްވުން އެދެމެވެ.

 

ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑް

ހ. ހުޅުގަލި، 4 ވަނަ ފަންގިފިލާ

ކަރަންކާ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3016630

ފެކްސް: 3016632

އީމެއިލް: [email protected]

02 އޮގަސްޓް 2017
ހޯދާ