މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މިސަރވިސްގެ ބޭނުމަށް ޓޮޔޯޓާ ބްރޭންޑްގެ 02 ވެހިކަލް ގަތުން

  1. މި ސަރވިސްގެ ބޭނުމަށް ޓޮޔޯޓާ ބްރޭންޑްގެ 02 ވެހިކަލް ގަންނަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަޢުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2017 އޯގަސްޓް 02 ވާ ބުދަ ދުވަހުން ފެށިގެން 2017 އޯގަސްޓް 09 ވާ ބުދަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ ހެނދުނު 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/200 ( ދުއިސައްތަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2017 އޯގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2017 އޯގަސްޓް 09 ވާ ބުދަ ދުވަހުގެ 15:30 ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 2017 އޯގަސްޓް 17 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާރޓްމަންޓްގައެވެ.
  4. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަންފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ.
01 އޮގަސްޓް 2017
ހޯދާ