އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ޕްލޭނިންގ އޮފިސަރ

މި ކައުންސިލްގެ (IUL)350-LH/350/2017/33 (08 ޖޫން 2017) ނަންބަރު އިޢުލާނުގައި ވަޒީފާއަށް ކުރިމަތިލުމަށް އެކަށީގެންވާ މުއްދަތު ދެވިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުސަތު

މަޤާމް:

ޕްލޭނިންގް އޮފިސަރ

މަޤާމުގެ ނަންބަރު:

J228206

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ.

ރޭންކް:

އެމް. އެސް 1

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް:

އދ. މަހިބަދޫ ކައުންސިލްގެ އިދާރާ.

ސެކްޝަން.

އިކޮނޮމިކްސް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

މުސާރަ:

5610.00

ސަރވިސް އެލަވަންސް

2000.00

މަޤާމާއިގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޢުލީމާއި، ތަމްރީން އަދި މި ދާއިރާއިން ލިބިފައިވާ ތަޖުރިބާ

1-    އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަން ރިސޯސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން، ނުވަތަ،

2-    އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަށް ރިސޯސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ،

 

3-    އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން / އިންފޮމޭޝަން ޓެކްނޮލޮޖީ / ހިއުމަށް ރިސޯސް މެނޭޖްމަންޓް / ޕްރޮޖެކްޓް މެނޭޖްމަންޓް / ޕްލޭނިންގު ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކައުންސިލްގެ ވޯރކްޕްލޭން ތައްޔާރުކުރުމުގެ އިދާރީ މަސައްކަތް ކުރުން.
  2. ކާރިސާތަކުން ރައްކާތެރިވުމަށް ރަށުފެންވަރުގައި މަސައްކަތް ކުރާނެގޮތުގެ ޕްލޭން އެކުލަވައިލުމުގެ އިދާރީ މަސައްކަތް ކުރުން.
  3. ރަށުފެންވަރުގައި ހިންގޭ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭ ދަފްތަރެއް އެކުލަވާލައި، ބެލެހެއްޓުން.
  4. ރަށުގެ ޞިއްޙީ ހާލަތު ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން.
  5. ވިޔަފާރިއާއިބެހޭ އެންމެހާ އިދާރީ މަސައްކަތް ކުރުން.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާއިބެހޭ އެންމެހާ ކަންކަން ކުރުން.
  7. ރަށުގައި ހިނގާ މުހިއްމު ކަންކަމުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  8. ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ސަރުކާރާއި ރައްޔިތުންގެ ޢިމާރާތްތަކާއި ތަކެތި ބެލެހެއްޓުން.
  9. ރަށު ކައުންސިލާއި، ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ ބެލެހެއްޓުން.
  10. ކައުންސިލްގެ އަހަރީ ރިޕޯރޓް އަދި 6 މަހުން ފޮނުވަންޖެހޭ ރިޕޯރޓް ހެދުން.

އުޖޫރައާއި އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ސިވިލްސަރިވސްގެ މުވައްޒަފުންނަށް ދޭ އިނާޔަތްތައް ދެވޭނެއެވެ. އަދި އިތުރު ގަނޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒިފާއަށް އެންމެ ޤާބިލް މީހާ ހޮވުމަށް ބަލާނެ ކަންތައްތައް:

  1. ތަޢުލީމާއި 25.5 މާކްސް
  2. ތަމްރީން 12.5 މާކްސް.
  3. ސިވިލްސަރވިސްއަށް ވަންނަ އެދޭ އިމްތިހާނު ފުރިހަމަކުރުން 5 މާކްސް
  4. ވަޒީފާއާއި ގުޅޭ މަސައްކަތުގެ ތަޖުރިބާ 10 މާކްސް
  5. ވަޒީފާއާއި ނުގުޅޭ މަސައްކަތުގެ ތަޖުރިބާ 04 މާކްސް
  6. މަސައްކަތުގެ ހުނަރަށް 43 މާކްސް

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ޝަތުރު ފުރިހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު މިކައުންސިލުން ކަނޑައަޅާ ތާރީޚެއްގައި މި ކައުންސިލްގައި އޮންނާނެއެވެ.

މަޤާމަށް އެދެވޭނެ ގޮތާއި ސުންގަޑި:

މި މަޤާމުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 10 ވަނަ ދުވަހުގެ 13:00 ގެ ކުރިން އދ. މަހިބަދޫ ކައުންސިލުންގެ އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބެން ހުންނާނީ މަހިބަދޫ ކައުންސިލުންނާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމް.
  2. ސިވިލްސަރވިސްއަށް ވަނުމަށްދޭ ޓެސްޓުގެ ނަތީޖާ އޮތްނަމަ އޭގެ ލިޔުން.
  3. މަޤާމާއި ގުޅޭ ދާއިރާތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަމްރީނުތަކުގެ ތަކުގެ ކޮޕީ. (އިންޓަވިއުއަށް ހާޞިރުވެލައްވާއިރު ސެޓްފިކެޓްތަކުގެ އަސްލުތަށް ގެންނަންވާމެއެވެ.)
  4. ސަރުކާރުގެ ނުވަތަ ސިވިލްސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެގޭނެ ރަސްމީ ލިޔުން.
  6. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް)
  8. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. ސިވިލްސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންނަމަ މަސައްކަތްކުރާ އިދާރާއަކުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ޙާޟިރީ އަދި މަސައްކަތުގެ އުމުރާއި އަޚްލާޤު ބަޔާންކުރާ ފޯމް"

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6680773 ނަންބަރު ފޯނާއެވެ.

31 ޖުލައި 2017
ހޯދާ