ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ އެއް ހޯދުމަށް

ފެކަލްޓީ އޮފް ހެލްތް ސައެންސަސް                                                                                                                                                                                                                                                                                  

ހަނދުވަރީހިގުން، މާފަންނު                                                                         

މާލެ، (20318)، ދިވެހިރާއްޖެ       

ފޯނު (960) 3346500 :   

ފެކްސް: (960) 3316498

www.mnu.edu.mv

 

 

                                                                                                                                                                                                                                                 ނަންބަރު:2017/08/MED-153-FHS

އިޢުލާން

 

                     ފެކަލްޓީ  އޮފް ހެލްތު ސައިންސަސްގައި ހިންގާ ޕްރައިމަރީ ހެލްތު ކެއަރ ކޯހަށް ތިރީގައި މިދައްނަވާ މާއްދާ ކިޔަވައި ދެއްވާނެ ފަރާތްތައް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

           ވީމާ މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 2017 އޮގަސްޓު 3 ވަނަދުވަހުގެ 14:00 ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު ސިޓީ ފޮނުއްވުން އެދެމެވެ.

  1. މާއްދާގެ ނަން:                        ހެލްތް އިކޮނޮމިކްސް

ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު:          51 ގަޑި (30 ގަޑި ލެކްޗަރ، 21 ގަޑި ޓިއުޓޯރިއަލް)

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:        މާއްދާ އާއި ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

ކިޔަވާ ދޭންޖެހޭ ވަގުތު:                  ބްލޮކް މޯޑަށް ކިޔަވާދޭ 5 ބްލޮކް: މަހަކު ދެހަފްތާގެ ބުރާސްފަތި، ހުކުރު، ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 8.00 ން ރޭގަނޑު 10.00 އާދެމެދު (ދުވާލަކު 4-8 ގަޑިއިރު)

ކިޔަވާދީ ނިންމަން ޖެހޭ މުއްދަތު:          01 އޮގަސްޓު 2017 ން 26 އޮކްޓޫބަރު 2017 އަށް

ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ  އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި  މިޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

ނޯޓް: މަތީގައި ދެންނެވިފައިވާ މާއްދާތަކުގެ ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ޑިޕާރޓްމެންޓުން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށެވެ.

      ހުށަހަޅަންޖެހޭ ލިއުންތައް:

1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ  

   ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

 

              08 ޛުލްޤައިދާ 1438

              31 އޮގަސްޓު 2017

31 ޖުލައި 2017
ހޯދާ