ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ހަޓް ބަލަހައްޓާ (ށ.ފުނަދޫ)

މަޤާމް :ހަޓް ބަލަހައްޓާ (ށ.ފުނަދޫ)
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

 

މަޤާމު: ހަޓް ބަލަހައްޓާ (ށ.ފުނަދޫ)

މަސައްކަތުގެ އުޖޫރަ

މަހަކު -/2000 ރުފިޔާ

ޑިޕާޓްމަންޓް

އިންޖިނިއަރިންގ

ބޭނުންވާ ޢަދަދު

01

މަސައްކަތް ކުރަންޖެހޭތަން

ށ.ފުނަދޫ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޮންމެ ދުވަހަކު 2 ފަހަރު ( ހެދުނާ،ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްއިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރުން.
  2. ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރުން.
  3. ރަށު ޖަނަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކޮށް އަދި އޮފްވެފައި ވާނަމަ ޓްރާންސްމީޓަރ އޮން ކުރުން އަދި އިރުއިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ލަސްނުކޮށް އެންގުން.
  4. ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްއިޕްމަންޓެއް ފުހެ ސާފުކުރުން.
  5. ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރުން.
  6. ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑާ ސާފް ކުރުން އަދި މަހަކު އެއްފަހަރު ޓަވަރުގެ ޙާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯރޓް ފޮނުވުން.
  7. ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އެންގުން އަދި ޕީ.އެސް.އެމް އިން ކަނޑައަޅާ ގޮތެއްގެ މަތިން ދަބަރުކަހާ ސާފުކޮށް އެތަންތަނުގައި ދަވާދުލާ ބެލެހެއްޓުން.
  8. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓްގެ އެއްވެސް އިކްއިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް  މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން.
  9. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެންގުން.
  10. ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އެންގުން އަދި ޕީއެސް.އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިން ޔުނިޓަށް ރިޕޯރޓްކުރރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ސިޓީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި:

މި މަގާމަށް އެދިލައްވާ ފަރާތްތަކުން 2017 އޯގަސްޓް 08 ވަނަ ދުވަހުގެ 15:00 ގެ ކުރިން މިކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ. ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psm.mv/career އަށް ލިއުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000284 އާއި ގުޅުއްވުން އެދެމެވެ.

              

                        07 ޛުލްޤައިދާ 1438

                        30 ޖުލައި   2017 

30 ޖުލައި 2017
ހޯދާ