ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މަޤާމް: މަސައްކަތު
މަޤާމްގެ ނަންބަރ: J-120529
ބޭނުންވާ އަދަދު: 01 (އެކެއް)
ރޭންކް: އެސް. އެސް 1
ކްލެސިފިކޭޝަން : ސަޕޯޓް ސްޓާފް ގްރޭޑް 1
ސެކްޝަން: އެޑްމިނިސްޓްރޭޓިވް ސަރވިސް ސެކްޝަން
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މުސާރަ : -/3100 ރުފިޔާ
ސަރވިސް އެލަވަންސް: -/1000 ރުފިޔާ
އިތުރު އިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
- ވެލާނާގޭގައި މިނިސްޓްރީ ހިންގަމުންދާ 8 އަދި 9 ވަނަ ފްލޯއާއި 1 ވަނަ ފްލޯގައި ހިގަމުންދާ ސެކްޝަން ތަކުގެ ތެރެއިން އެވަގުތަކު މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ފަރާތެއް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތައް ދޮވެ ސާފުކުރުމާއި އަދި ފާޚާނާތަކަށް ބޭނުންވާ ޓިޝޫ އާއި އަތްދޮންނަ ފުޅި ހަމައަށް ހުރިތޯ ކޮންމެ ދުވަހަކު 3 ފަހަރު (ހެނދުނު، މެންދުރު އަދި ހަވީރު) ޗެކްކުރުމާއި އެތަކެތި ހަމަކޮށް ފާހާނާ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަސައްކަތްކުރުމަށް ޙަވާލުކުރެވިފައިވާ ފަރާތުގެ ވެރިންގެ ކޮޓަރިތަކުގެ ފާޚާނާތައް ދުވާލަކު 1 ފަހަރު ސާފުކުރުމާއި ފާޚާނާތަކަށް ބޭނުންވާ ހުރިހާ ތަކެތި ހަމަކޮށް އެތަންތަން ސާފުތާހިތުކޮށް ބެލެހެއްޓުން.
- މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުގެ ހުރިހާ މޭޒު، ގޮނޑި ފަދަތަކެތި ފޮޅާ ސާފުކުރުމާއި މޭޒުތައްކައިރީ ހުންނަ ޑަސްޑްބިންތައް ދުވާލަކު 1 ފަހަރު ހުސްކުރުމާއި ހުސްކުރާ ކުނިތައްނަގާ ކޮތަޅުކޮތަޅަށް އަޅައި ކުނިބަހައްޓަން ހަމަޖެހިއިވާ ތަނަށް އެއްކުރުން އަދި ހަވާލުކުރެވިފައިވާ ފަރާތުގެ ކާޕެޓް އަޅާފައިވާ ހުރިހާ ތަނެއްގައިދުވާލަކު އެއްފަހަރު ހޫވަރު އެޅުން.
- އެމީހަކު މަސައްކަތްކުރާ ފަރާތެއްގެ ސައިކޮޓަރީގައި ހުންނަ ތަށިތެލި ފަދަތަކެތި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
- މިނިސްޓްރީން އެކިއެކި އޮފީސްތަކަށާއި ތަންތަނަށް ފޮނުވަން ޙަވާލުކުރެވޭ ސިޓީފަދަ ތަކެތި އެފަރާތްތަކަށް ރައްދުކޮށް، ހަވާލުވިފަރާތުގެ ސޮއި ފޮތުގައި ކުރުވުން. އަދި މިގޮތުން ހަވާލުކުރެވޭ ތަކެތި ރައްދުކުރިކަން މަސައްކަތް ހަވާލުކުރި ފަރާތަކަށް ކަށަވަރުކޮށްދިނުން.
- މިނިސްޓްރީގައި ބޭއްވޭ މީޓިންގތަކަށް ޑްރިންކްސް ތައްޔާރުކޮށް ވެއްދުމާއި މީޓިންގތައް ނިމުމުން ތަށިތައް ނަގައި ދޮވެ ސާފުކޮށް އެފަދަ ތަކެތި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނެއްގައި ބެހެއްޓުން.
- މުއިވެޔޮދުށުގެ އާއި އެނޫންވެސް މިނިސްޓްރީން ބަލަހައްޓަމުން ގެންދާ އިމާރާތަށް އެވަގުތަކު މިނިސްޓްރީން ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ފޮޅާސާފުކޮށް ބެލެހެއްޓުން.
- މަސައްކަތް ހަވާލުކުރެވިފައިވާ ތަނެއްގެ ޕާރޓްޝަންތަކުގެ ބިއްލޫރިތަކާ، ކުޑަދޮރުތަކާއި ބޭރުދޮރުތަކުގެ ބިއްލޫރިތަކާއި، އެހެނިހެން ބިއްލޫރިތައް ސާފުކޮށް ބެލެހެއްޓުން.
- އޮފީހުގެ މަސައްކަތާއި ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި މަސައްކަތްކުރުން.
ޝަރުތު:
ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު /ޤާބިލްކަން ލިބިފައިވުން.
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
ރ. މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 09 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ހ. ވެލާނާގެ 8 ވަނަ ފަންގިފިލާގައި ހުންނަ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކައުންޓަރަށެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމުގެ އިންޓަވިއު، އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައެވެ.
ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
25%
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.