މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

ޕަބްލިކް ވަރކްސް ސަރވިސަސްގެ ބޭނުމަށް  09 ސަބްމަރސިބަލް ޕަމްޕް ގަންނަން ބޭނުންވެއެވެ.

ހުށަހަޅަންވީ ތަކެތި:

ހ- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ނުވަތަ ބީ.ޕީ.ޓީ ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ)

ށ- އަމިއްލަފާރާތެއްނަމަ އެފަރާތެއްގެ މަޢުލޫމާތު އެނގޭނެ ގޮތަށް ސީވީއާއި އައިޑީ ކާޑް ކޮޕީ.

ނ- މަސައްކަތުގައި ފާއިތުވެދިޔަ 05 އަހަރު ދުވަހު ލިބިފައިވާ ތަޖުރިބާ (މި ގޮތުން މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބެލެވޭނީ 2017 ގެ މި ދުވަހުން ފެށިގެން ފާއިތުވެ ދިޔަ 5 އަހަރު ތެރޭ ކުރައްވާފައިވާ މި ބާވަތުގެ މަސައްކަތާއި ގުޅޭގޮތުން މަސައްކަތް ހަވާލު ކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމި ކަމުގެ ލިޔުމަށެވެ.) މި ގޮތުން މާކްސް ދެވޭނީ ގިނަވެގެން 03 ލިޔުމަށެވެ.

އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:

ހ- އަގު (އަގު ހުށަހަޅުއްވަންވާނީ ކޮންމެ އައިޓަމެއްގެ އަގު ވަކިން ޖުމްލަ އަގު އަދި ޖީ.އެސް.ޓީ އަގު ވަކިން އެނގޭ ގޮތަށެވެ.)

ށ- ސަޕްލައިކޮށްދެވޭނެ މުއްދަތު ( ބަންދު ދުވަސްތަކާއި އެކު).

ނ- ވޮރެންޓީ މުއްދަތު.

އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތް: 

ހ-އަގު =70 ޕޮއިންޓް           

{(އެންމެ ކުޑަ އަގު) / (ހުށަހެޅިއަގު) 70x

ށ- ޑެލިވަރީ މުއްދަތު = 20 ޕޮއިންޓް

{(އެންމެ ކުރު މުއްދަތު) / (ހުށަހެޅި މުއްދަތު) 20x}

ނ- މަސައްކަތު ތަޖުރިބާ: 10 ޕޮއިންޓް

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 01 ލިޔުން = 2.5

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 02 ލިޔުން = 05

ކުރިންކޮށްފައިވާ މިބާވަތުގެ މަސައްކަތުގެ 03 ލިޔުން = 10

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

އިއްޒުއްދީން މަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 06 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގައި  ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ތަކެއްޗާއި ބެހޭ މަޢުލޫމާތު ޝީޓް ރަސްމީ ގަޑީގައި މި ސަރވިސަސްގެ ރިސެޕްޝަންއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މަތީގައި ބަޔާން ކުރެވިފައިވާ މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާޠިލް ކުރެވޭނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 06 އޯގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 13:30އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

07 ޛުލްޤައިދާ 1438 

        30  ޖުލައި 2017         

30 ޖުލައި 2017
ހޯދާ