މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ރިސޯޓް ލިއާސަން އޮފިސަރ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާލެ، ދިވެހިރާއްޖެ

ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ)

ނަންބަރIUL) 438/438/2017/156) 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ރިސޯޓް ލިއާސަން އޮފިސަރ

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭ.ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ރިސޯޓް ލިއާސަން އޮފިސަރެއް ހޯދުމަށް ކުރެވުނު IUL) 438/438/2017/132) ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ މިކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އަލުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ރިސޯޓް ލިއާސަން އޮފިސަރގެ މަސައްކަތަކީ ނެޝަނަލް ކޯރަލް ރީފް މޮނިޓަރިން ފުރޭމްވޯކުގެ ދަށުން އެމް އާރު ސީ އިން ބަލަހައްޓަމުން އަންނަ ކޯރަލް ޑޭޓާބޭސް ހިންގުމާއި ޑޭޓާ އެއްކޮށް ޕްރޮސެސް ކުރުމާއި ޕްރެޒެންޓް ކުރުމުގައި އެ އެޖެންސީ އަށް އެހީތެރިވުމެ.

މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:

-        އެންވަޔަރަމަންޓަލް ސައިންސް/ އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ މެރިން ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލާރސް ޑިގްރީއެއް ހާޞިލް ކޮށްފައިވުން ނުވަތަ،

-        އެންވަޔަރަމަންޓަލް ސައިންސް/ އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ މެރިން ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާޞިލް ކޮށްފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން އެއް (01) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

-        އޭ ލެވެލް އިމްތިހާނުގެ  ބައިލޮޖީ މާއްދާއިން ފާސް ވެފައިވުން އަދި އޯ ލެވެލް އިމްތިހާނުން އިނގިރޭސި މާއްދާއިން ފާސްވެފައިވުމާއެކު ގުޅުންހުރި ދާއިރާއަކުން މަދުވެގެން ތިނެއް (03) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛

-        ސެޓިފައިޑް ޑައިވަރެއް ކަމުގައިވުން (PADI/SSI) – ތަޖުރިބާ ހުރި ޑައިވަރުންނަށް އިސްކަން ދެވޭނެއެވެ.

-        ރީފް ޗެކް/ އީކޯ-ޑައިވާ ސެޓިފިކެޓް ލިބިފައިވާ އަދި ކޮރަލް ރީފް ސާރވޭއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          ޑޭޓާ ބޭސް އަދި އިންފޮމޭޝަން ސިސްޓަމްސް ބޭނުންކުރަން އިނގޭފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

-          ފަރާއިކަނޑުގެ ދިރުންތަކާއިބެހޭ މައުލޫމާތު އިނގޭފަރާތަކަށްވުން؛

-          އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫއުގެ އަމާޒުތައް ޙާސިލްކުރެވޭ ފަރާތަކަށްވުން؛

-        އިނގިރޭސި އާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން؛

-        އީ-ލާރނިންގއަށް އަދި ކޮމްޕިއުޓަރަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛

 

މީގެއިތުރުން ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައި ވާންޖެހޭނެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީގެ ފަރާތުން ހުޅުވާލަމެވެ. މި ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް: ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިސްލާހުކޮށްފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ  15,000 - 10,000ރުފިޔާ އާއި ދެމެދުގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ (11) އެގާރަ މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 13 ވަނަދުވަހުގެ 14:00ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. މިމަސައްކަތައް ހޮވޭފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 2017 ގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ތިރީގައިވާ އެޑްރެހަށް ލިއުއްވުން އެދެމެވެ.

ޕްރޮޖެކްޓް މެނޭޖަރ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018412 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

30 ޖުލައި 2017
ހޯދާ