މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ
ދިވެހިރާއްޖެ
ޓީޗަރުން (ފުލްޓައިމް)

ވަޒީފާގެ ފުރުޞަތު

މިނިސްޓްރީގެ ދަށުން ހުޅުމާލޭގައި ހިނގަމުންދާ ފިޔަވަތީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ގާބިލް މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ފިޔަވަތި، ހުޅުމާލެ)

މަގާމު

ޓީޗަރުން (ފުލްޓައިމް)

ބޭނުންވާ އަދަދު

4 (ހަތަރެއް)

މުސާރައާއި އެހެނިހެން އިނާޔަތްތައް (ބެޗަލާސް ޑިގްރީ)

- އަސާސީ މުސާރަ މަހަކު: 6295.00 ރުފިޔާ

- ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަންސް މަހަކު: 2203.25 ރުފިޔާ

މުސާރައާއި އެހެނިހެން އިނާޔަތްތައް (ޑިޕްލޮމާ)

- އަސާސީ މުސާރަ މަހަކު:   5610.00ރުފިޔާ

- ސާރވިސް އެލަވަންސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަންސް މަހަކު: 1963.50 ރުފިޔާ

މުސާރައާއި އެހެނިހެން އިނާޔަތްތައް (ސެޓްފިކެޓް ލެވަލް 4)

- އަސާސީ މުސާރަ މަހަކު: 5020.00 ރުފިޔާ

- ސާރވިސް އެލަވަނސް މަހަކު: 2500.00 ރުފިޔާ

- ސްޕެޝަލް އެލަވަނސް މަހަކު: 1757.00 ރުފިޔާ

މުސާރައާއި އެހެނިހެން އިނާޔަތްތައް (ސެޓްފިކެޓް ލެވަލް 3)

- އަސާސީ މުސާރަ މަހަކު: 4465.00 ރުފިޔާ

- ސާރވިސް އެލަވަނސް މަހަކު: 1500.00 ރުފިޔާ

- ސްޕެޝަލް އެލަވަނސް މަހަކު: 1562.75 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން އަދި ވަގުތު

ފިޔަވަތި، ހުޅުމާލެ (ޝިފްޓް އުޞޫލުން، ހަފްތާއަކު 6 ދުވަހު)

ތަޢުލީމާއި ތަޖުރިބާ

  1. ކަމާގުޅޭ ދާއިރާއިން ޑިގްރީ ނުވަތަ ޑިޕްލޮމާ ހާސިލްކޮށްފައިވުން، ނުވަތަ
  2. މި ދާއިރާއިން ލެވަލް 4 ނުވަތަ ލެވަލް 3 ގެ ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ފިޔަވަތީގެ ކުދިންގެ ކިޔެވުމާއި، ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީކުރަން މަސައްކަތްކުރުން
  2. ފިޔަވަތީގެ ކުދިންނަށް ބޭނުންވާ ފިޒިކަލް އެޑިއުކޭޝަންއާ ގުޅުން ހުރި ޕްރޮގްރާމްތައް ރާވާ ހިންގުން.
  3. ކުދިންގެ އަޚްލާޤީ މިންގަނޑުތަކާއި، އުސޫލުތައް ހިފެހެއްޓުމަށް ބާރުދޭ ޕްރޮގްރާމްތައް ރާވާ ހިންގުން
  4. ކުދިން ކުރިޔަށްދާން ބޭނުންވާ ރޮނގުތައް ޙިޔާލުކުރުމުގައި އެހީތެރިވުމާއި، މުޖްތަމަޢުއަށް ނުކުތުމުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ނަފްސާނީގޮތުން ކުދިން ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު އަދި ވަޒީފާއަށް އެދޭ ސިޓީ.
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަންއެނގޭ ސާފު ކޮޕީ
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީން ތަކުގެ ސެޓްފިކެޓް ގެކޮޕީ

ސުންގަޑި

2017 އޮގަސްޓް 10 ވާ ބުރާސްފަތި ދުވަހުގެ 10:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔެކިޔުންތައް ފޮނުވާނީ، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ނުވަތަ ހުޅުމާލޭގެ "ފިޔަވަތި" (ކަނީރުމަގު) އަށް. 

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ ޑިސެމްބަރު މަހުގެ ފަހު ހަފްތާގެ ތެރޭގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ. އިންޓަވިއުއަށް ވަޑައިގަންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

މި ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި އިސްކަންދެވޭނެ ކަންކަން

- ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ، އަދި ޝިފްޓް އުސޫލުން އެކި ދަންފަޅީގައި މަސައްކަތްކުރެވޭނެ ފަރާތްތައް

- ކުދިންގެ އުމުރާ ގުޅޭ ގޮތުން ކިޔަވައި ދިނުމަށް ލިބިފައިވާ ފަންނީ ހުނަރުވެރިކަން

- ލިބިފައިވާ ތަޖްރިބާއާއި ހުނަރު

- ކުދިންގެ ޢުމުރާގުޅޭ ގޮތަށް މުޢާމަލާތްކުރުމުގެ ޤާބިލްކަން

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅާނީ، 3027520 ނަންބަރު ފޯނަށް، ނުވަތަ 3013017 ނަންބަރު ފޯނަށެވެ.

30 ޖުލައި 2017
ހޯދާ