ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުކުގެ ވެރިފަރާތް ހޯދުމަށް

ރަންވޭ ކިޔާގޯތީގެ އިރުމަތި ފާރު ބޭރުކައިރީގައި ހުރި ރުކެއްގައި މިއިދާރާއިން ވާނީ  ނަންބަރު އެކެއް ޖަހާފައެވެ.

ވީމާ، އެރުކުގެ ވެރިއަކުވާނަމަ 2 އޮގަސްޓް 2017 ވަނަދުވަހު 14.00  ކުރިން ރުކުގައި ހުރި ނަންބަރު ޖަހާފައި ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ. މިމުއްދަތު ތެރޭގައި މައުލޫމާތު ނުލިބިއްޖެ ނަމަ ވެރިއަކު ނެތްރުކެއް ކަމަށް  ބަލާ ރުކާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އަމަލުކުރެވޭނެ ކަންމި ފުރުސަތުގައި ހަދާން ކޮސްދެމެވެ.

25 ޖުލައި 2017
ހޯދާ