ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލީގަލް ކޮންސަލްޓެންޓް

މަޤާމް: ލީގަލް ކޮންސަލްޓެންޓް

ޑިޕާޓްމަންޓް: ކޯރޕަރޭޓް ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލު

ތަޢުލީމާ ތަޖުރިބާ:

 

  1. ޤާނޫނީ ރޮގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން އެންމެ ދައްވެގެން ބެޗްލާރސް ޑިގްރީ އެއް ޙާޞިލް ކޮށްފައިވުން.
  2. ޕްރައިވެޓް ޕްރެކްޓިސްގެ ގޮތުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެފަދަ ކަންކަމުގައި ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން

2-      ހުޅުމާލެ ހޮސްޕިޓަލުގެ އޮޕަރޭޝަނަލް ކަންތައްތަކުގައި ބޭނުންވާ ޤަވާއިދުތަކާއި ގައިޑްލައިންތައް އެކުލަވާލުމުގައި ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.

3-      ހޮސްޕިޓަލާއި ގުޅުންހުރި ޤާނޫނުތަކަށް ބަލައި ހޮސްޕިޓަލުގެ ކަންކަމަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން.

4-      ހޮސްޕިޓަލް ނުވަތަ ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ކޯޓްތަކުގައި ވަކާލާތުކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • ޙާޞިލްކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން
  • ގިނަވަގުތު މަސައްކަތުގައި އުޅުމަށް ޢުޒުރުވެރިނުވާ ފަރާތްތަކަށް އިސްކަންދީގެން

 

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 03 އޮގަސްޓް 2017 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

24 ޖުލައި 2017
ހޯދާ