އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ މީޓިންގ ރޫމްގައާއި އޮފީސްތެރޭގެ އެކި ތަންތާގައި އިންޑޯ ޕްލާންޓްސް ބަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ނަންބަރު: (IUL)32-A2-PR/1/2017/60 

 

އިޢުލާން

 

 

މި އޮފީހުގެ މީޓިންގ ރޫމްގައާއި އޮފީސްތެރޭގެ އެކި ތަންތާގައި އިންޑޯ ޕްލާންޓްސް ބަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މި އޮފީހުގެ ނަންބަރު:21) (IUL)32-A2-PR/1/2017/52  ޖޫން 2017( އިޢުލާނާ ގުޅިގެން މި އޮފީހުގެ މީޓިންގ ރޫމްގައާއި، އޮފީސް ތެރޭގެ އެކި ތަންތާގައި އިންޑޯ ޕްލާންޓްސް ފަދަ ގަސްމުށިތައް ބަހައްޓައި، އެތަކެތި ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައިދޭން، އަންދާސީ ހިސާބު ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވާތީ، އެ އިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނު ކުރަމެވެ.

 

ވީމާ، މި ޚިދުމަތް ދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2017 އޮގަސްޓް 01 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢޫލޫމާތު ސާފުކުރެއްވުމަށްފަހު 2017 އޮގަސްޓް 06 ވާ އާދިއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރައްވަން މިއޮފީހަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

 

 

01   ޛުލްޤަޢިދާ   1438

24    ޖުލައި     2017

 

 

24 ޖުލައި 2017
ހޯދާ