ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ފާމަސިސްޓް

މަޤާމް: ފާމަސިސްޓް

ޑިޕާޓްމަންޓް: ސްޓޯރ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލުގެ ސްޓޯރ

ތަޢުލީމާ ތަޖުރިބާ:

  1. ޑިޕްލޮމާ އިން ފާމަސީ (މަދުވެގެން 2 އަހަރު ދުވަހުގެ) ކޯހެއް ފުރިހަމަކޮށްފައިވުން.
  2. މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރެޖިސްޓަރ ވެފައިވުން
  3. ޕްރެކްޓިސިންގ ލައިސަންސެއް އޮތުން
  4. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރެޖިސްޓްރީވެ އައި.ޑީ ކާޑު ހަދައިފައި އޮތުން
  5. މީހުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަންހުރުން
  6. މީހުންނާއި މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން
  7. މަދުވެގެން (1) އެއް އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުން
  8. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހުންނަށް އިސްކަން ދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-     ހުޅުމާލެ ހޮސްޕިޓަލަށް ގެންނަ ބޭހާއި މެޑިކަލް އައިޓަމްސްތައް އޯޑަރކޮށް ބަލަހައްޓާ، ބޭނުންކުރެވޭ ގޮތުގެ ރިޕޯރޓްތައް ތައްޔާރުކުރުން.

 

މުސާރައާއި އިނާޔަތް : ހުޅުމާލެ ހޮސްޕިޓަލްގެ މުސާރައާއި އެލަވަންސްތަކުގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން

ކުރިމަތިލުމުގެ ސުންގަޑި: 02 އޮގަސްޓް  2017 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު
  • ސީވީ
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

 

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

23 ޖުލައި 2017
ހޯދާ