އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ފާހާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުން

މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގައި 4 ފާހާނާގެ، ފާހާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ  2017 އޯގަސްޓް 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި މި ސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ  2017 އޯގަސްޓް 13 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 ގައި މި ސްކޫލްގައެވެ. 

މި މަސައްކަތަށް ކުރިމަތި ލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށައަޅާ އަންދާސީ ހިސާބުތައްވެސް ބަލައި ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ސްކޫލުގެ 6500548 ނަންބަރު ފޯނަށެވެ.

23 ޖުލައި 2017
ހޯދާ