މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 24 ޖުލައި 2017 08:18 ގައި ބާތިލް ކުރެވިފައެވެ.


 

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                 

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

ފައިނޭންސް ޑިޕާރޓްމަންޓް

މަޤާމް:

ޗީފް ފައިނޭންޝިއަލް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ދާޢިމީ – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

ޢަސާސީ މުސާރަ:        

35,000.00ރ (މަހަކު)

ޚާއްސަ އެލަވަންސް:      

15,000.00ރ (މަހަކު)

އެހެނިހެން އެލަވަންސް/އިނާޔަތް : 

ހަމަޖެހިފައިވާ އުޞޫލުގެ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

ޝަރުޠު                 

  • ޕްރޮފެޝަނަލް ކޮލިފިކޭޝަން (އޭސީސީއޭ/ސީޕީއޭ) ނުވަތަ މި މަޤާމުގެމަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއިން މި ފެންވަރުގެ ކޮލިފިކޭޝަންއެއް ހާސިލްކޮށްފައި ވުން.
  • ކޯރޕަރޭޓް ބިޒްނަސް މާހައުލެއްގައި މަސައްކަތްކޮށް 06 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އަދި ޗީފް ފައިނޭންޝަލް އޮފިސަރ ފެންވަރު މަޤާމެއްގައި 03 އަހަރު ދުވަހު އުޅެފައިވުން.
  • ސީޕީއޭ ނުވަތަ އޭ.ސީ.ސީ.އޭ އިން ޕްރޮފެޝަނަލް މެމްބަރޝިޕް ހާސިލްކޮށްފައިވުން.
  • ކޯރޕަރޭޓް ފައިނޭންޝަލް މެނޭޖްމަންޓް، އެކައުންޓިންގ، ބަޖެޓިންގ ، ސޭލްސް، ބިޒްނަސް ޑެވެލޮޕްމަންޓް އަދި ސްޓްރެޓެޖިކް ޕްލޭނިންގ ފަދަ ކަންކަމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.
  • ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މީހުންނާއި އެންމެ ރަގަޅަށް މުއާމަލާތުކުރުމާއި އާންމު ތަންތަނުގައި ވާހަކަ ދެއްކުން އަދި ޕްރެސެންޓޭޝަން ދިނުމުގެ ހުނަރު ލިބިފައިވުން.
  • އިގިރޭސީ އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާން ކުރެވިފައި ވާނެ އެވެ. މިމަގާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓްއިން ލިބިލައްވާނެއެވެ.

 

            ވީމާ މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޯގަސްޓް 2017 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށައެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާރޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯރމް ޑައުންލޯޑް ކުރެވޭނެއެވެ.

 

ފެކްސް ނަމްބަރ:   3221 332  / އީމެއިލް:     [email protected]

ނޯޓް:ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.އިންޓަވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

 

23 ޖުލައި 2017

23 ޖުލައި 2017
ހޯދާ